-Advertisement-

-Advertisement-

‎އަމީނީ މަަގުގެ ފަހު ބައިގައި ތާރު އެޅުމަށް ތައްޔާރުވަނީ

އަމީނީ މަގު ހެދުމުގެ ތެރެއިން. -ފޮޓޯ: އާރުޑީސީ

އަމީނީ މަަގުގެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ނުނިމި އޮތް ސެގްމަންޓުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރުޑީސީ) އިން ބުނެފިއެވެ.

މިމަސައްކަތަށްޓަކައި ކޮނެގެން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިމިފައިވާއިރު ދިވެހިރާއްޖޭގެ އަޑުން ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް ކޭބަލްތައްވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގާތައް ވަނީ ޖަހައި ނިމިފައެވެ.

އާރުޑީސީއިން މައުލޫމާތު ދެއްވިގޮތުގައި އަމީނީމަގުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތް މިހާތަނަށް ނިމިފައިވާ ހިސާބުގެ ފަސްގަނޑު ކޮމްޕެކްޓްކޮށް ނިންމާ އެސަރަހައްދުގައި އޭބީސީ ލޭޔަރު އެޅުުމުގެ މަސައްކަތް ރޭގައި ފަށާފައިވާ ކަމަށެވެ.

ސްކޫލްގެ ދެވަނަ ޓާރމް ފެށުމުގެ ކުރިން އަމީނީ މަގުގައި ތާރުއަޅާ މަގު ބޭނުންކުރަން ފެށޭވަރުވުމަކީ މި ސަރުކާރުގެ އަމާޒެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-