-Advertisement-

-Advertisement-

‎ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭގޮތް ހަދަނީ

މިނިސްޓާރ އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ. ފޮޓޯ: އަދަދު

ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ދަތުރުފަތުރާމަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގެ ފަރާތުން މިއަދު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުންދިޔަނަމަވެސް ތަފާތު ޕޯޓަލްތަކުން އެމަސައްކަތް ކުރަމުންދާތީ ރައްޔިތުންނަށް އުދަގޫތަކާއި ކުރިމަތިވާ ކަމަށާއި އެމައްސަލަ ހައްލުކުރުމުގެ މަސައްކަތްމިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އަމާޒަކީ ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށް އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުންއަމީން ވިދާޅުވީމިނިސްޓްރީގެ އެތެރޭގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރެވިގެން ނޫނީ އެ ކުރެވޭ ތުހުމަތުތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.

މީގެކުރިން މިނިސްޓްރީގެ ބޭރުގައި ރައްޔިތުން ކިޔު ހަދާލާފައި ޚިދުމަތް ހޯއްދެވުމަށް ތިއްބަވަން ޖެހިފައިވީ ނަމަވެސް  މިނިސްޓްރީގެ އޮންލައިން ސާވިސްފެށިގެން ދިޔުމުން އެކަމަށް ހައްލެއް ލިބިގެން ދިޔަ ކަމަށާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-