-Advertisement-

-Advertisement-

‎މެޑިކަލް ހަދައިގެން ނޫނީ ވޯކް ޕާމިޓް ދޫނުކުރާ ގޮތަށް ހަމަޖައްސައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި – ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރާއްޖޭއަށް އެކި އެކި ވަޒީފާ އަދާކުރުމަށްޓަކައި ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭވޯކް ޕާމިޑް މެޑިކަލްހެއްދުމުގެ އުސޫލުހަރުކަށިކޮށް ބޮޑެތި ބަދަލުތަކެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިއަދު ގެނެސްފި އެވެ.

އެ މިނިސްޓްރީގެ ފަރާތުން މިއަދު ކުރި އިއުލާނެއްގައި ވަނީ މެޑިކަލްއާއި ނުލައި ވޯކް ޕާމިޓް ދޫކުރަމުންދިޔުން މާދަމާއިން ފެށިގެން އެއްކޮށް ހުއްޓާލާނެ ވާހަކަހާމަ ކޮށްފައިވެއެވެ.

ޖެނުއަރީ 4, އިން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ފާހުގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ޕާމިޓް ދޫކުރުމަށް އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ހިދުމަތް ދޭ ފަރާތަކުން ހަދާފައިވާ ވޯކްޕާމިޓްމެޑިކަލްރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ.

ހަމަ އެހެންމެ, މެޑިކަލް ނުހަދައި ރާއްޖެއަށް އެތެރެވެފައިވާ މީހުން ވެސް ޖުލައި 4, 2024 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މެޑިކަލް ރިޕޯޓުހުށަހަޅަން ޖެހޭ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން, އެންޓްރީ ޕާސްއިން ރާއްޖެ އެތެރެވާ މީހުން ވެސް 15 ދުވަހުގެ ތެރޭގައި މެޑިކަލް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ އުސޫލުބަދަލުކޮށްފަ އެވެ.

ވޯކް ޕާމިޓް ހަމަވެފައިވާ ބިދޭސީއަކަށް އަލުން ރާއްޖެ އެތެރެވެވޭނީ ވެސް ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހެއްދުމަށްފަހު، އެކްސްޕެޓް ސިސްޓަމަށްހުށަހަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ފެބްރުއަރީ 4, ގެ ފަހުން ފުރައިގެންދާ ބިދޭސީންގެ ވޯކް ޕާމިޓް ވެސް ކެންސަލް ކުރެވޭނީ ވޯކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާމުއްދަތު ހަމަނުވާނަމަ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ގެ އިއުލާންގައި ވެއެވެ.

އަދި އެ މުއްދަތު ހަމަވެފައިވާނަމަ, މުއްދަތު ހަމަވެފައިޥާ ކޮންމެ އަހަރަކަށް 2,000ރ. ގެ ޖޫރިމަނާއެއް ވެސް ދައްކަން ޖެހޭނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-