-Advertisement-

-Advertisement-

‎މިސްކިތަށް ބިސްޖެހީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް،

ޒިކުރާ މިސްކިތަށް ބިސް އުކާފައި . ފޮޓޯ: ވަގުތު

މާލޭގެ ޒިކުރާ މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށް ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭގައި ބިސްތަކެއް ތަޅާލާފައި ނުވަތަ އުކާލާފައިވަނީ ސިކުނޑީގައި އުނިކަމެއްހުންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފެންމަތިކޮށް ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ސޯޝަލް މީޑިއާގައި ފޮޓޯއާ އެކު ކުރިޕޯސްޓެއްގައި ބުނީ މަސްޖިދުއް ޒިކްރާ މިސްކިތުގެ ތެރެއަށް ބިސް އުކާފައި ނުވަތަ މި ތަޅާފައިވުން އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، އެ މިސްކިތުގެ ތެރޭގައި ބިސް އަޅާފައިވާ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހުގެރޭދަންވަރު ފުލުހުންނަށްވަނީ ހުށައަޅާފައިއެވެ. އަދި މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޒިކުރާ މިސްކިތަށް ބިސްޖެހި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަކީ ސިކުނޑީގައި އުނިކަމެއް ހުންން މީހެއްކަންމިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށާއި .

އިދާރާތަކާއި ގުޅިގެން މި މައްސަލައިގައި ކުރަންޖެހެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-