ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އެމްޑީޕީގެ މަޖިލިސް ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ.
ކުރިއަށް އޮތް 2024 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަސްލަމް ވާދަކުރައްވާނީ މިހާރު ވެސް އިންނެވި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށެވެ.
އަސްލަމަށް ޓިކެޓު ކަށަވަރުވެފައިވަނީ އެމްޑީޕީގެ ޓިކެޓުގައި އެދާއިރާއަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.
އެދާއިރާގެ އެމްޑީޕީ ޓިކެޓު އަސްލަމަށް ކަށަވަރު ކޮށްފައިވާއިރު އަސްލަމަކީ މިހާރު ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވާ ހަމައެކަނި މެމްބަރެވެ.