-Advertisement-

-Advertisement-

ސައޫދީއަރަބިއްޔާ “ބްރިކްސް” އާއި ރަސްމީކޮށް ގުޅިއްޖެ

ފޮޓޯ: ވޯލް ސްޓްރީޓް ޖާނަލް

ސައުދީ އަރަބިއްޔާ އިން ރަސްމީކޮށް ބްރިކްސް އާއި ގުޅިފައިވާ ކަމަށް ސައޫދީ ސަރުކާރުން އިޢުލާން ކޮށްފިއެވެ.

 

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު މިދިޔަ އޮގަސްޓް މަހު ވިދާޅުވެފައި ވަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ބްރިކްސްއާއި ގުޅެން ހުށަހަޅާފައިވިޔަސް، ތާރީހުގެ ކުރިން އެ ޤައުމުން އެކަން ދިރާސާކޮށް “އެކަށީގެންވާ ނިންމުމެއް” ނިންމާނެ ކަމަށެވެ. ޕްރިންސް ފައިސަލް ބިން ފަރުހާން ވަނީ ބްރިކްސް ގްރޫޕަކީ އިގްތިސާދީ އެއްބާރުލުން ހަރުދަނާ ކުރުމަށް “ފައިދާހުރި އަދި މުހިންމު ޗެނަލެއް” ކަމަށް ވިދާޅުވެފައެވެ.

 

ބްރެޒިލް އާއި ރަޝިއާ، އިންޑިއާ ޗައިނާ އަދި ސައުތު އެފްރިކާ އިސްވެ އުފެއްދި “ބްރިކްސް” އަކީ ޒަމާނުއްސުރެ ހުޅަނގުގެ އެމެރިކާ ފަދަ ޤައުމުތަކަށް އިޤްތިސާދީ ގޮތުން ބަރޯސާވުން ނިމުމަކަށް ގެނައުމަށް އުފެއްދި ޖަމާއަތެވެ. މިޖަމާޢަތާއި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، އީރާން އަދި އިތިއޮޕިއާ ވެސް ގުޅިފައެވެ. އެންމެ ފަހުން ގުޅުނު ޤައުމަކީ ސަޢޫދީ އަރަބިޔާއެވެ.

 

އެމެރިކާއާއެކު ވަރުގަދަ ގުޅުންތަކެއް ސައޫދީ އަރަބިޔާއިން ބާއްވަމުން އައި ނަމަވެސް، ސައުދީ އަރަބިއްޔާގައި ޗައިނާގެ ނުފޫޒު ވަނީ ކުރިއަށްވުރެ ބޮޑުތަނުން އިތުރު ވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-