-Advertisement-

-Advertisement-

ރަސްމާލެ ޕްރޮޖެކްޓާއި އާޒިމް ވަރަށް ދެކޮޅު

އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް -- ފޮޓޯ:ނިއުސްލެބް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓާއި ވަރަށް ދެކޮޅު ޚިޔާލުތައް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އާދަމް އާޒިމް ދަނީ ފާޅު ކުރައްވަންނެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރެވޭނެ ބިން މާލެ އާއި ހުޅުމާލެ އާއި ގުޅިފަޅާއި އުތުރު ތިލަފަޅާއި ގިރާވަރު ފަޅުން ލިބޭއިރު، ފުށިދިއްގަރުފަޅު ހިއްކުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމުގައި ސިފަކުރައްވައި އާޒިމް ވަނީ އިހަކަށްދުވަހުވެސް ސަރުކާރުގެ މިޕްރޮޖެކްޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ “ރަސްމާލެ” ޕްރޮޖެކްޓުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ކުރިއަށް އޮތް 30 އަހަރު ދުވަހުގެ ތެރޭގައި ވެސް އެ ފަޅު ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

މިވަގުތަށް ކޮންމެހެން ބޭނުން ޕްރޮޖެކްޓެއް ނޫންކަމަށް ސިފަ ކުރައްވައި އާޒިމް ވިދާޅުވީ މާލެސިޓީއަށް މިވަގުތަށް އެންމެ މުހިއްމުކަން ބޮޑީ މާލޭގެ ބޯހިޔާވަހިކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި މާލެ ސަހަރައްދުގައި މިހާރު ހިއްކަން ފަށާފައިވާ ތަންތަން ތަރައްގީ ކޮށް ނިންމުން ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި އެމްޓީސީސީގެ އިސްމަގާމެއްގައި ހުންނެވި، އަދި މިހާރު މާލެސިޓީ މޭޔަރަކަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އާޒިމް ވިދާޅުވީ މާލޭ ރައްޔިތުން “ދޯންޏަކަށް” އަރުވައިގެން ފުށިދިއްގަރަށް ގެންދަން ނުޖެހޭ ކަމަށާއި މާލޭ ރައްޔިތުން ދާންޖެހޭނީ ބްރިޖަކުން މާލެއާއި ގުޅާލެވިފައިވާ ރަށްރަށުގައި ދިރިއުޅުމަށް ކަމަށެވެ.

ފުށިދިއްގަރު ފަޅު ސަރުކާރުން 18 ޑިސެމްބަރ 2023 ގައި ހިއްކަން ފަށާފައިވާއިރު، މިތަނުގައި 1280 ހެކްޓަރުގެ “ޒީރޯ ކާބަން” ސިޓީއެއް ތަރައްޤީ ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-