-Advertisement-

-Advertisement-

ރަސްމާލެ ހިއްކަން 10 ބިލިއަން ޚަރަދުވާނެ

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް – ފޮޓޯ: ނިއުސްލެބް

ރަސްމާލެ ތަރައްޤީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް، މަސައްކަތާއި ހަވާލުވި ލަންކާގެ ސީއެމްސީސީ އަތުން 10 ބިލިއަން ރުފިޔާ ޚަރަދުވާނެކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބަދަލުގައި 70 ހެކްޓަރުގެ ބިން ދޭގޮތަށް ދިވެހި ސަރުކާރާއި އެކު އެއްބަސްވެވިގެން ސްރީ ލަންކާގެ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ އިން ފުށިދިއްގަރު ފަޅު ހިއްކަން ފައްޓާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 18 ގައެވެ.

ސަރުކާރުން އެއްވެސް ވަރަކަށް ފައިސާ ޚަރަދު ކުރަން ނުޖެހޭ ގޮތަށް، ހަމައެކަނި 70 ހެކްޓަރު ބިން ސީއެމްސީސީ އަށް ދިނުމުން އެކުންފުނިން ވަނީ 10 ބިލިއަނަށް ވުރެ ބޮޑުވިޔަސް މަސައްކަތް ކޮށްދޭން އެއްބަސް ވެފައެވެ.

ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ފުށިދިއްގަރު ފަޅުން ހިއްކާ ސަރަޙައްދުން 60 ހެކްޓަރު ސީއެމްސީސީ އަށް ދޭން ސަރުކާރުން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް ސަރުކާރުން ވަނީ މި “ޑީލް” ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. ސަރުކާރުން ބުނެފައިވަނީ ފުށިދިއްގަރު ފަޅު ހިއްކަން ވެވުނު އެއްބަސްވުމަކީ ސަރުކާރަށް އެންމެ ފައިދާ ބޮޑު އެއް ޑީލް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-