-Advertisement-

-Advertisement-

މަޖިލީހަށް ވާދަނުކުރަން އަލްހާން ނިންމައިފި

355048 3 Ea3f9f263ba34c1bfd1c76bc282f7d8f401c9307 Medium
އަލްހާން ފަހުމީ. ފޮޓޯ; މިހާރު

ރައްޔިތުންގެ މަޖްލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަން ފޯމް ހުށަހަޅާފައިވާ އަލްހާން ފަހުމީ ނަން އަނބުރާ ގެންދަން ނިންމައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި އަލްހާން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލްހާންގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ގިނަ ބަޔަކަށް ދޭންޖެހޭ ފައިސާ ނުދެވި ހުރުމުން އިންތިޚާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމެއް ނޫންކަމަށެވެ.

މަކަރާއި ހީލަތާ ޓެކުމުގެ ޖިނާއީ ދަޢުވާ ކުރެވިފައިވާ އަލްހާން އާއި އޭނަގެ ކޮއްކޮ ޙިއްސާވާ ކުންފުންޏާއި ދެކޮޅަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ.

މިފިޔަވަޅުތަކާއި ގުޅިގެން ކިންގްސް ކުންފުނިން ވަނީ ވިޔަފާރި ބަނގުރޫޓް ކޮށްލި ކަމުގެ ތުހުމަތުގައި ބީއެމްއެލްއާއި ދެކޮޅަށް  ދަޢުވާ ކޮށް ދަޢުވާ ކާމިޔާބު ކޮށްފައެވެ. އަލްހާން އާއި އެކޮޅަށް ނިންމި މިމައްސަލަ ބީއެމްްއެލް އިން ވަނީ އިސްތިއުނާފް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-