-Advertisement-

-Advertisement-

އިންޑިއާގައި ރާއްޖެއާއި ދެކޮޅު ކެންޕޭން އެއް ފަށައިފި

ދިވެހިރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމު ކަމަށްވާ އިންޑިއާގައި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި ދެކޮޅުހަދާ ސޯޝަލް މީޑިއާ ކެންޕޭނެއް ފަށައިފިއެވެ.

މަލިކު ހިމެނޭ ލަކްޝަދީޕްގައި ފަތުރުވެރިކަން އިސްތިހާރުކުރާ ވީޑިއޯއެއް އިންޑިއާގެ ބޮޑުވަޒީރު ކުޅުއްވި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ފެށުނު މި ހަރަކާތުގައި އިންޑިއާގެ ވަރަށް ގިނަ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ލަކްޝަދީޕުގެ ރީތިކަމަށް ތަޢުރީފުކުރައްވާ މަންޒަރު ފެންނަ ވީޑިއޯގައި ނަރެންދުރަ މޯދީ ލަކްޝަދީޕުގެ އަތިރިމަތީގައި ވަގުތު ހޭދަކުރައްވާ މަންޒަރު ދައްކައެވެ.

އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓަކު ސިފަކޮށްފައިވަނީ މޯދީގެ ވީޑިއޯ އަކީ ރާއްޖެއަށް މޯދީ ފޮނުވާލި މިސައިލެއް ކަމަށެވެ. އަދި އިންޑިއާ ފަތުރުވެރިން ރާއްޖެއައުން ހުއްޓާލައިފިނަމަ ރާއްޖެ ބަނގުރޫޓް ވާނެކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާއާއި ރައީސްގެ ޑރ.މުޢިއްޒުގެ ސަރުކާރާއި އޮންނަ ގާތް ގުޅުމާމެދު އިންޑިއާއިން ވަރަށް ކަންބޮޑުވެއެވެ. މިގޮތުން އަންނަ އާދީއްތަދުވަހު ޗައިނާގެ ރައީސްގެ ދަޢުވަތަކަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމަށް ކުރި އެންމެ ބޮޑު އެއް ކެންޕޭނަކީ “އިންޑިއާ އައުޓް” ކެންޕޭނެވެ. ވެރިކަމާއި ހަވާލުވުމަށް ފަހުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ރަސްމީކޮށް އެދިފައެވެ.

މިދިޔަ އަހަރުވެސް ރާއްޖެއަށް ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ކުރީ ސަރުކާރުން ވަނީ އިންޑިއާ މާކެޓް ރާއްޖޭގެ ފަތުރުވެރިކަމުގައި ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-