-Advertisement-

-Advertisement-

ޑިމޮކްރެޓްސް އިން ވަކިވި ރީހާން ޕީއެންސީއަށް

މާލޭސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެންބަރ މަރިޔަމް ރީހާން ނާޒިމް -- ފޮޓޯ: ސޯޝަލްމީޑިއާ

ދަ ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެޕާޓީ ދޫކުރެއްވި މާލޭސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލް މެންބަރ މަރިޔަމް ރީހާން ނާޒިމް ވެރިކަންކުރާ ޕީއެންސީއަށް ސޮއި ކޮށްފިއެވެ.

މާލޭ ސިޓީ މޭޔަރުކަމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިޢުލާންކުރުމުގެ ޖަލްސާގައި ރީޙާން އާއިއެކު މާލެސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އައިޝަތު ނިޒްލީ ރަޝީދު ވެސް ޕީއެންސީއަށް ސޮއި ކުރިއެވެ.

މި ދެ ކަނބަލުންނަކީވެސް އެމްޑީޕީ ޓިކެޓްގައި މާލެސިޓީ ކައުންސިލަށް އިންތިޚާބުވި ދެ މެންބަރުންނެވެ. ރީޙާން އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ބަދަލުވީ އެމްޑީޕީ ދެބައިވެ އުފެއްދި ޕާޓީ “ދަ ޑިމޮކްރެޓްސް” އާއި ގުޅުމަށެވެ.

ރީހާން އަދި ނިޒްލީގެ މެންބަރުކަމުގެ ޕީއެންސީގެ މެންބަރުކަމުގެ ފޯމް ހަވާލުކުރެއްވީ ރައީސް ޑރ. މުޙައްމަދުގެ އަތްޕުޅަށެވެ. ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މާލެސިޓީގެ ކައުންސިލަރުންގެ އަދަދު މި 2 ކަނބަލުންގެ ސޮޔާއެކު 10 އަށް އެރީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-