-Advertisement-

-Advertisement-

‎ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓަކުގެ ކުލި ކުޑަ ކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި މިސަރުކާރުން ކުޑަކޮށްފިއެވެ.

މިއަދު ހުޅުމާލޭގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް، އާޒިމާ ޝަކޫރުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް، ޑރ. މުހައްމަދުމުއިއްޒު ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުން މަހުން މަހަށް ކުލި ދައްކާ ވަރު ސަރުކާރުން ކުޑަ ކޮށްފައި ނުވާ ކަމަށާއި އެތަންތަނަށް4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށާއި އަންނަ މަހުން ފެށިގެން 20 އިންސައްތަ އެ ފްލެޓްތަކުންކުޑަވެގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެލުއި ރައްޔިތުންނަށް ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވާތީ ރައްޔިތުންގެ އާމްދަނީވަރަށް ކުޑަވެގެން ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ދޭން ބޭނުންވާތީ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-