ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓާއެކު މޯލްޑިވްސްގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާމެދު މަޝްވަރާކުރައްވަންވަނީ ރާވާފައިވެއެވެ.
. ރައީސް މުއިއްޒު ވިދާޅުވީ އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ދެއްކުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި، ފަތުރުވެރިކަމާއި، އިޖުތިމާއީބޯހިޔާވަހިކަމުގެ އާ ކެޓަގަރީއެއް ތައާރަފްކުރުމާ ބެހޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކުތަކަކީ ވިޔަފާރި ނޫން އުސޫލުން އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށް ރިސްކް ކެޕިޓަލް ފޯރުކޮށްދޭ މާލީ އިދާރާތަކެކެވެ. އެއީ ގިނަފަހަރަށް ސަރުކާރުތަކުން ނުވަތަ ނޮންޕްރޮފިޓް ޖަމިއްޔާތަކުން އުފައްދާ އަދި މިލްކުވެރިކަމުގައިވާ ތަންތަނެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ރާވާފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފެއްދުމުގެ ޕްލޭންތައް ރައީސްމުއިއްޒު ދާދި ފަހުން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.