-Advertisement-

-Advertisement-

އެކަކަށް ވުރެ ގިނަ މީހުންނަށް ޕާޓީ އުފެއްދޭގޮތް ހަދައިފި

އެކަކަށް ވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެވޭނެ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް އިލެކްޝަންސްކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

މި ގަވާއިދުގައި ކުރިން އޮތް ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދެވޭނީ އެންމެ މީހަކަށެވެ.

އީސިގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން އެންމެ މީހަކަށް އެދެވޭތީ އެކަމާ ގުޅިގެން އެ ކޮމިޝަނުގައިތަކުރާރުކޮށް އެކަން ބަދަލުކުރުމަށް އެދެމުންދާ ކަމަށެވެ.

އަދި، އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުން ވެސް އެ ހުށަހެޅުން މީގެ ކުރިން ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލު ސިޔާސީޕާޓީތަކުގެ ގަވާއިދަށް ގެނައުމަށް ނިންމީ ކަމަށް ހަބީބު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-