-Advertisement-

-Advertisement-

މޯދީއަށް ފުރައްސާކުރުން ސަރުކާރުން ނުސީދާކޮށް ކުށްވެރި ކޮށްފި

ޚާރިޖީ ވަޒީރު މޫސާ ޒިމީރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑީއާގެ ބޮޑުވަޒީރަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި ދިވެހިސަރުކާރުގެ އިސް އޮފިޝަލުން ކުރެއްވި “މަލާމާތާއި ފުރައްސާރަ” ކޮމެންޓްތައް، ދިވެހި ސަރުކާރުން ނުސީދާގޮތެއްގައި ކުއްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ،

“ސަރުކާރުގެ އިސް ފަރާތްތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ ފަންތީގެ ފަރުދުންނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކަކީ އެބޭފުޅުންގެ ޒާތީ ވާހަކަތަކެއް ކަމަށާއި އެއްވެސް ހާލެއްގައި ސަރުކާރުގެ ބަހެއް ނޫންކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ބޭނުންކުރަންޖެހޭ ކަމެއް ކަމަށާއި، ނަފްރަތާއި، ނެގެޓިވިޓީ ފެތުރުމާއި، ރާއްޖެއާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ދެމެދު އޮންނަ ގާތް ގުޅުންތަކަށް ހުރަސްއެޅޭނެ ގޮތްތަކެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި މިފަދަ ފުރައްސާރަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެކަމަށް ބުނެފައިވެއެވެ.”

މަލިކު ހިމެނޭ ލަކްޝަދީޕްގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަރަކާތްތެރިވާ މަންޒަރުތަކަށް ނިސްބަތްކޮށް ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބައެއް ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި ކޮމެންޓްތަކެއް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-