-Advertisement-

-Advertisement-

ރައްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާއަށް ނިސްބަތްކޮށް ދެއްކި ވާހަކަ ގިނަ ފަރާތްތަކުން ކުށްވެރުކޮށްފި

ޑެޕިއުޓީ މިނިސްޓަރު ޝިއުނާ ރައީސް އަދި ނައިބް ރައީސް އާއި އެކު. ފޮޓޯ: އެކްސް

ބޭރުގެ ދައުލަތެއްގެ ވެރިއަކާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ދެއްކެވި ނަސްލީ ތަފާތުކުރުންތަކާއި ފުރައްސާރަ ވާހަކަތައް ސަރުކާރުގެ ކޯލިޝަން ޕާާޓްނަރ މޯލްޑިވްސް ނޭޝަނަލް ޕާޓީން ކުށްވެރިކޮށްފި އެވެ.

އެޕާޓީގެ ފަރާތުން މިކަން އިއުލާންކޮށްފައިވަނީ އެކްގައި ކޮއްފައިވާ ޕޯސްޓެއްގައި އެވެ. ޕޯސްޓްގައި އެޕާޓީގެ ފަރާތުން ބުނެފައިވަނީ އެއީ ބަލައިގަނެވޭނެ އަމަލެއްް ނޫން ކަމަށެވެ. އަދި އެކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް އިލްތިމާސްކުރަށް އިލްތިމާސް ކުރާކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޑު ވިދާޅުވެ ލައްްވައި އެކްގައި ޕޯސްޓް ކުރައްވާފައިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއް ކަމަށްވާ ފާރިސް މައުމޫންވެސް ވަނީ މި ކަމަށް ފާޑު ވިދާޅުވެ ލައްްވާފައިއެވެ.

އެގޮތުން ފާރިސް ވިދާޅުވީ ދައުލަތުގެ ވެރިންނާއި އެކުވެރި ގައުމުތަކުގެ މަތީ އޮފިޝަލުންނާ މެދު އިހުތިރާމް ކުޑަ އާންމު އޮފިޝަލުންނަށް ސަރުކާރުން ފާޑުކިޔަންޖެހޭ ކަމަށާއި އެފަދަ އަދަބުވެރި ފިޔަވަޅެއް ނާޅައިފި ނަމަ، އިޙްތިރާމް ކުޑަ ވާހަކަތަކަކީ ރާއްޖޭގެ ސަރުކާރުން ތަބާވާ ވާހަކަތަކެއް ކަމަށް މާނަކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-