-Advertisement-

-Advertisement-

‎މުސްލިމުންނާ މެދު ބިރާއި ނަފްރަތު އުފައްދުން މަނާ ކުރާ ބިލަށް އިންޑިއާ އިން ވޯޓެއް ނުދިން!

ރުޗިރާ ކަމްބޯޖު ޔޫއެންގައި -- ފޮޓޯ: މަނީސެންޓަރަލް

ޗައިނާއިން ސްޕޮންސާ ކޮށްގެން ޕާކިސްތާނުން އދ ގެ އާންމު މަޖިލީހަށް ހުށަހެޅި އިސްލާމޮފޯބިއާ މަނާ ކުރާ ބިލަށް އިންޑިއާއިން ވޯޓެއް ނުދިނެވެ.

193 މެންބަރުން ތިބެ ޖެނެރަލް އެސެމްބްލީގެ 115 މެންބަރުން ބިލް ފާސްކުރަން ވޮޓު ދިން އިރު ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ 44 މެންބަރުންތިއްބެއެވެ.

އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓު ދީފައި ނުވާ މިބިލުގައި އިންޑިއާ ހިމެނުނީ ވަކިކޮޅަކަށް ވޯޓުދޭން ބޭނުން ނުވި ލިސްޓުގައެވެ.

ބިލް ފާސްކުރަން ވޯޓު ނުދިން ސަބަބެއް ކަމަށް އިންޑިއާއިން ބުނެފައި ވަނީ މުސްލިމް ނޫނަސް އެހެން ދީންތަކުގެ މީހުންނާ މެދުވެސް ނަފްރަތު އުފެއްދުމުގެހަރަކާތްތައް ހިނގާ ކަމަށާއި ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންނާ މެދު ނަފްރަތު އުފެއްދުންވެސް ވަކި ކުޑަނޫން ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހުޅަނގާއި އިންޑިއާ އަދި ދުނިޔޭގެ އެހެން ބައެއް ބައްރުތަކުގައި ރޭވިގެން ހިންގާ ހާއްސަ ބައެއް ހަރަކާތްތައްހުންނަ އިރު އިންޑިއާ ގައި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ހަރަކާތްތައް މިފަހުން ވަނީ ގިނަވެފައެވެ.

އދ އަށް އިންޑިއާއިން ކަނޑައަޅާފައި އިންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖު ވިދާޅުވީ، އިސްލާމް ދީން ނޫން ދީންތަކަށް އުޅޭ ފަރާތްތަކަށް ފުރައްސާރައާއި ގޯނާ ކުރިމަތިވަމުން އަންނަތާ ދަހަރު [ޑިކޭޑް] ތަކެއް ވެއްޖެ ކަމަށެވެ.

ހާއްސަ ކޮށް ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންގެ ނަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ފުރައްސާރަ ކުރިމަތިވަނީ ކޮންމެހެން އިންޑިއާގައިނޫން ކަމަށާއި ދުނިޔޭގެ އެތަން މިތާނގައި ދިރިއުޅޭ ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންނަށް އެފަދަ ފުރައްސާރައާ ކުރިމަތިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-