-Advertisement-

-Advertisement-

ނަތަންޔާހޫގެ ތަޤުރީރަށް ދުނިޔެ ދިނީ ބީރު ކަންފަތެއް!

މިހާރު ކުރިއަށް ދާ އދ ގެ އާންމު މަޖިލީހުގައި ހައްދުފަހަނަ އެޅި ނިރުބަވެރި ދަޢުލަތް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން ތަޤުރީރަށް ދުނިޔެ ބީރުކަނފަތެއް ދީ މަޖިލިސް ފަޅުވެއްޖެއެވެ.

އިސްރާއީލުގެ މުޖުރިމުން ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ ޤަޠުލު ޢާންމުތަކާއި ދެކޮޅަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް އަޑު އުފުލަމުން ދާއިރު، އިސްރާއީލަށް ވާގިވެރިވެ މަދަދުވެރި ވަނީ ހަމައެކަނި ހުޅަނގުގެ ޔަހޫދީ ދަޢުލަތްތަކުގެ މަދު ވެރިންތަކެކެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ޤައުމުތަކުގެ ވެރިން ތަޤްރީރު ކުރައްމުން ގެންދަވާއިރު، އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ތަޤުރީރު ދިނުމަށް، އާންމު މަޖިލީހުގެ ޕޯޑިއަމްގެ ކައިރިއަށް އައުމުން ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުން ވަނީ ހޯލު ދޫކުރައްވާ ވަޑައިގެންފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ވަފުދުވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ ވަފްދު ހޯލުން ނިކުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި ފަލަސްތީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ތަޤުރީރު ކުރަން ނަތަންޔާހޫ އައުމުން ހޯލުގެ ހަމަހިމޭންކަން ކެނޑި ހޯލުތެރެ ހަލަބޮލި ވިއެވެ.

ލީޑަރުންގެ ތަގުރީރުތަކަށް ޤައުމުތަކުގެ ވަފުދުތަކުން ވަރަށް ބޮޑަށް އިޚްތިރާމްކޮށް މަޑުމައިތިރިކަމާ އެކު ތިއްބެވި ނަމަވެސް ނަތަންޔާހޫ ފެނުމާއެކު ހޯލުތެރޭގައި އަޑުގަދަވެ ނުރުހުމުގެ ބަސްތަކުގެ އަޑު ގުގުމާލި އެވެ. އެއާއެކު ރިޔާސަތުން ވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ. ވަރަށް ގިނަ ގައުމުތަކުގެ ވަފުދުތަކުން ވަނީ ވަގުތުން ހޯލު ދޫކުރައްވާ ވަޑައިގެންފަ އެވެ. އެހެން ކަމުން ނަތަންޔާހޫގެ ތަގުރީރު އިއްވަން ޖެހުނީ މަދު ބައެއްގެ ހާޒިރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-