-Advertisement-

-Advertisement-

އެޕަލްގެ ޑިވެލޮޕާސް ކޮންފަރެންސް ޖޫން 10 ގައި

އެޕަލް ކުންފުނިން ބާއްވާ އަހަރީ ޑިވެލޮޕާސް ކޮންފެރެންސް ”ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް“ މި އަހަރު އޮންނާނެ ދުވަސް އިއުލާން ކޮއްފިއެވެ.

1983 ގައި އެންމެ ފުރަމަތަ އެޕަލް ބޭސިކްގެ ނަމުގައި ބާއްވަން ފެއްޓި މި ކޮންފަރެންސް އަކީ މިހާރު އެޕަލް ކުންފުނިން ޑިވެލޮޕަރުންނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އިވެންޓެވެ. އެޕަލް އޮޕަރޭޓިންގ ސިސްޓަމްތަކުގެ އާ ވާރޝަން ކޮންމެ އަހަރުވެސް ދައްކާލަނީ ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް ފުރަތަމަ ދުވަހު ބާއްވާ ކީނޯޓް ޕްރެސެންޓޭޝަންގައިއެވެ.

ޖޫން 10 އިން ޖޫން 14 އަށް ބާއްވަން ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ކީ ނޯޓްގެ އިތުރުންވެސް ޑިވެލޮޕަރުންނަށް އެކި ޝެޝަންތައް ކުރިޔަށްދާނެ އެވެ. 2020 ވަނަ އަހަރު ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ފުރަތަމަ ފަހަރަށް އޮންލައިންކޮށް މި ކޮންފަރެންސް ބޭއްވި ނަމަވެސް އޭގެ ފަހުން ކޮންމެ އަހަރުވެސް ބާއްވަމުން ދަނީ އޮންލައިންކޮށެވެ. އެންމެ ފުރަތަމަ އޮންލައިންކޮށް ބޭއްވުނު ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް 2020 ވަނީ 23 މިލިއަން މީހުން ލައިވް ސްޓްރީމް ކޮއްފައިއެވެ.

ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް އައިއޯއެސް 18, މެކްއޯއެސް 15, ވޮޗްއޯއެސް 11, ޓީވީއޯއެސް 18, އައިޕެޓްއޯއެސް 18 އަދި ވިޒަންއޯއެސް 2.0 އެންމެ ފަހުގެ ފީޗާސްތަކާއި ކުރިއެރުންތަށް ދައްކާލާނެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި އެންމެ ފަހަގަކޮއްލެވޭނެ ކަމަށް ބެލެވޭ އޯއެސް އަކީ އައިއޯއެސް އެވެ. އައިއޯއެސްގެ ޔޫއައި ޑިޒައިންއަށް ގިނަދުވަސް ފަހުން ބޮޑު އަންނާނެކަމަށް ބެލެވެއެވެ. އަދި ޖެނެރޭޓިވް އެއައިގެ އާ ފީޗާސްތަކެއް އައިއޯއެސް އަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލްއިން ދަނީ ގިނަ އެއައި ސްޓާޓްއަޕްތަށް ގަންނަމުންނެވެ. އަދި މިހާރު އެންމެ ބޮޑު އެއައި ކުންފުނިތަކާ އައިޕޯނަށް އެއައި ފީޗާސްތައް ގެނައުމަށް މަސްވަރާކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-