-Advertisement-

-Advertisement-

އެޕަލްގެ އަހަރީ އެންމެ ބޮޑު ސޮޕްޓްވެޔަރ އިވެންޓް އަންނަ ހޯމަ ދުވަހު!

އެޕަލް ކުންފުނިން ބާއްވާ އަހަރީ ޑިވެލޮޕާސް ކޮންފެރެންސް ”ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް“ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

1983 ގައި އެންމެ ފުރަމަތަ އެޕަލް ބޭސިކްގެ ނަމުގައި ބާއްވަން ފެއްޓި މި ކޮންފަރެންސް އަކީ މިހާރު އެޕަލް ކުންފުނިން ޑިވެލޮޕަރުންނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އިވެންޓެވެ. 35 ވަނަ ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސްއަކީ ވަރަށްވެސް ހާއްސަ ކޮންފަރެންސެކެވެ. ދުނިޔޭގެ ކުރި އަރަމުންދާ އޭއައި ޓެކްނޮލޮޖީއަށް ބިނާކޮށް އެޕަލްގެ ސޮޕްވެޔަރތައް ފަރުމާކޮށް ދައްކާލާނެ އިވެންޓަކީ މިއަހަރުގެ ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސެވެ.

މި އަހަރުގެ ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް ތަރި އަކަށް ވެގެންދާނީ އެޕަލް ކުންފުންޏަށް އެންމެ ފައިދާވާ ޕްރޮޑަކްޓް، އައިފޯންގައި ބޭނުން ކުރާ ސޮފްޓްވެޔާރ ކަމަށްވާ އައިއޯއެސް އެވެ. 2013 ވަނަ އަހަރު އައިއޯއެސް 7 އެޕަލްއިން ރިލީޒް ކުރި ފަހުން އޯއެސްގެ ޑިޒައިންއަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއަހަރު ނެރޭ އައިއޯއެސް 18 ވެގެންދާނީ ޔޫއައި ޑިޒައިންއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އުފެއްދުމެއް ކަމުގައެވެ. އަދި މީގެ އިތުރުންވެސް ގިނަ އޭއައި ފީޗާސްތަކެއް އައިއޯއެސް 18 ގައި ހިމެނޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއޯއެސް 18 ގައި އާރްސީއެސް ސަޕޯވެސްގެ އަންނާނެ ކަމަށް އެޕަލްއިން ބުނެފައިވާއިރު، އާރްސީއެސް އަކީ އެސްއެމްއެސް ޕްރޮޓޮކޯލްގެ ޒަމާނީ ރައްކާތެރި އާ ޕްރޮޓޮކޯލް އެކެވެ. އާރްސީއެސްގެ ސަބަބުން އެންޑްރޮއިޑް ޑިވައިސްތަކަށް މެސެޖުކުރުމުގައި ގިނަ ފީޗާސްތަކެއް ލިބި ސެކިއުރިޓީ ވަރުގަދަ ވާނެއެވެ. އައިފޯންގައި ބޭނުންކުރާ ވައިސް އެސިސްޓެންޓް ސިރީ އަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބްލޫމްބާގް އިން ވަނީ ރިޕޯޓްކޮއްފައެވެ. ސިރީގެ މި ބޮޑު އަޕްޑޭޓް ގިނަ ބަޔަކު ރަމްޒު ކުރަނީ ސިރީ 2.0ގެ ގޮތުގައި އެވެ. އޯޕެން އޭއައިގެ ޗެޓްޖީޕީޓީ އާއި އެއްކަހަލަ ފީޗާސްތަށް ސިރީއަށް އަންނާނެ ކަމަށްވެސް ބެލެވެއެވެ.

އައިއޯއެސްގެ އިތުރުން އައިޕެޓްއޯއެސް 18 ވެސް މި އިވެންޓްގައި ދައްކާލާނެއެވެ. އައިއޯއެސް 18ގެ ހުރިހާ ފީޗާސްތަކުގެ އިތުރަށް އައިޕެޓްތަކަށް ހާއްސަ ފީޗާސްތައް އައިޕެޓްއޯއެސް 18 އަށް އަންނާނެ ކަމަށް ބެލެވެއެވެ. އެންމެ ފާހަގަ ކޮއްލެވޭ އަދި އައިޕެޓް ބޭނުންކުރާ ގިނަބައެއް އެންމެ ބޭނުންވާ އެއްކަމަކީ އެޕަލްއިން ފަސްޓްޕާޓީ ކަލްކިއުލޭޓަރ އެޕް އައިޕެޓްއަށް ގެނައުމެވެ. މިއާއެކު އައިޕެޓްއޯއެސް 18 ގައި ފަސްޓްޕާޓީ އާ ކަލްކިއުލޭޓަރ އެޕް އަންނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި އަހަރުގެ ސޮފްޓްވެޔަތަކުގެ ތީމަކަށްވާނީ އޭއައި ފީޗާސްތަކެވެ. އެ ގޮތުން އެޕަލް ކޮމްޕިއުޓަރ ތަކުގައި ބޭނުންކުރާ މެކްއޯއެސް އަށްވެސް މި ފީޗާސްތައް މެކްއޯއެސް 15 ގައި އަންނާނެ ކަމަށް ބެލެވެއެވެ. ފަސްޓްޕާޓީ ގިނަ އެޕްތަކުގެ ޔޫއައި ޑިޒައިންތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ. ނަމެވެސް 2020 ވަނަ އަހަރުގައި ގެނައި ފަދަ ބޮޑި ބަދަލެއް މިއަހަރުގެ މެކްއޯއެސް 15 އަންނާނެ ކަމަށް ނުބެލެވެއެވެ. މެކްއޯއެސް 15 އެކޭ އެއްގޮތަށް ވޮޗްއޯއެސް 11 އަކީ މާބޮޑު އަޕްޑޭޓަށް ވާނެ ކަމަކަށްވެސް ނުބެލެވެއެވެ. ސަބަބަކީ މިދިޔަ އަހަރުގެ ވޮޗްއޯއެސް 10 އަކި މުޅި އޯއެސްއަށް ބޮޑު ބަދަލުތަކެއް ގެނައި އޯއެސް އަޕްޑޭޓްއެކެވެ. އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓް ވިޒަން ޕްރޯގެ އޯއެސް, ވިޒަންއޯއެސްއަށްވެސް މިއަހަރު އަޕްޑޭޓް އެއް އަންނާއެވެ.

ގިނަ ސޮފްޓްވެޔަރ އަޕްޑޭޓްތަކެއް ހިމެނޭ މި އަހަރުގެ ވޯލްޑް ވައިޑް ޑިވެލޮޕަރ ކޮންފަރެންސް އެއްވެސް އާ ހާޑްވެޔަރ އެށް ފެނިގެންދާނެ ކަމަށް ނުބުލެވެއެވެ. އެޕަލްގެ ހާޑްވެޔަރ އިވެންޓް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރ މަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-