-Advertisement-

-Advertisement-

އަލް-ޝިފާ ހޮސްޕިޓަލް ހުސްކުރަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މަސައްކަތް ކުރަނީ

އިސްރާއީލުން އަލް-ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ވޯލްޑް ހެލްތު އޯގަނައިޒޭޝަން ޑަބްލިއު އެޗް އޯއިން ވަނީ އެ ހޮސްޕިޓަލުގައި ހާލުގައިޖެހިފައިވާ ގިނަ އަދަދެއްގެ ބަލިމީހުންނާއި، އާނމުން ރައްކާތެރި މާހުލަކަށް ގެންދިއުމުގެ އޮޕަރޭޝަނެއް ފަށާފައިވާކަމަށް ބުނެފައެވެ. މި ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާގެ ޕާޓްނަރުންނާއި ގުޅިގެން “ބާކީ ތިބި ބަލިމީހުންނާއި މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް ވީހާވެސް އަވަހަށް ބަދަލުކުރުމަށް ޕްލޭންތަކެއް އެކުލަވާލުމަށް” މަސައްކަތް ކުރަމުން ދާކަމެވެ.

މި ޖަމިއްޔާގެ ފަރާތުން ހޮނިހިރު ދުވަހު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ގައި 1 ގަޑިއިރު ހޭދަކުރި އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި އެވަގުތު 25 ސިއްޙީ އެހީތެރިންނާއި، 291 ބަލިމީހުން؛ އޭގެ ތެރޭގައި 32 ކުޑަކުދިން އެމާޖެންސީ ހާލަތުގައި ތިބިކަމާއި، 22 ކިޑްނީ ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އައިސީޔޫގައި 2 ބަލިމީހުން ތިބި ކަމެވެ.

މި ޖަމިއްޔާއިން ނެރުނު ބަޔާނުގައި ހޮސްޕިޓަލުގެ ޙާލަތުބަޔާން ކޮށްފައިވަނީ “މަރުގެ ކިއްލާ” އެއްކަމުގައްޔާއި އަވަސް އެހީއެއް ގެންނަން “މަޖުބޫރު” ވެފައިވާ ތަނެއްގެ ގޮތުގައެވެ. މި ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް، ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ބުނެފައިވަނީ “އަހަރުމެންގެ ޓީމުން ބެލިބެލުމުން މި ހޮސްޕިޓަލްވަނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ. އެތާގައި ފެނާއި ކާބޯތަކެއްޗެއް ނެތް. އަދި ތެލާއި، ކަރަންޓާއި ހޮސްޕިޓަލަށް ބޭނުންވާނެ މެޑިކަލް ސަޕްލައިތަށް އެއްކޮށް ހުސްވެއްޖެ.” އަދި  މީގެ އިތުރުން “މި ހިތާމަވަރި ހާލަތުގައި، އަދި ހާލުގައި ޖެހިފައިވާ ވަރަށް ގިނަ ބަލިމީހުންނާއި ކުޑަކުދިންނާއި މުއައްޒިފުން ވަނީ ބަލިމީހުން ރައްކާތެރި އެހެން މާހައުލަކަށް ބަދަލް ކޮށްދިނުމަށް އެދިފައެވެ.” ކަމަށް ބުންޔެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މި ހޮސްޕިޓަލިގައި ތިބި ގިނަ ބަލިމީހުން ވަނީ ހަށިގަނޑަށް ނުރައްކާތެރި ގެއްލުންތައްވެ، ގުނަވަންތައް ގެއްލި، ގައިގެ ތަންތަން ފިހި، މެއާއި އުނަގަނޑަށް ބޮޑެތި ގެއްލުންތައް ލިބިފައިކަމަށެވެ. އަދި ހޮސްޕިޓަލުގައިވާ 29 ބަލިމީހުންނަކީ މައިބަދައަށް ބޮޑެތި ގެއްލުން ލިބިފައިވާ ބަލިމީހުންކަމުން ސިއްޙީ އެހީތެރިކަމަކާއި ނުލާ އެހެންތާކަށް ބަދަލު ވުމަކީ ނުވާނެ ކަމެއްކަމުގައެވެ. އަދި ހަމަ އެހެންމެ، ބޭސް ނެތުމުގެ ސަބަބުންނާއި، ތަނުގެ ސާފުޠާހިރުކަން ނެތުމުން ވަރަށް ގިނަ އަދަދެއްގެ ބަލިމީހުން އިންފެކްޝަނާއި ކުރިމަތި ލަމުންދާކަން ފާހަގަ ކޮށްފައިވެއެވެ.

ޑަބްލިއެޗްއޯއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލިމީހުން ބަދަލު ކުރުމުގެ ގިނަ މިޝަންތަކެއް ރޭވިފައިވާކަމަށެވެ. އެގޮތުން ޣައްޒާގެ އަލް ނަސްރު ހޮސްޕިޓަލަށާއި ޔޫރަޕިއަން ހޮސްޕިޓަލް އަށް ބަދަލް ކުރުމަށް ރޭވިފައިވާކަން ބަޔާން ކުރިއެވެ. މި ދެ ހޮސްޕިޓަލަކީ މިހާރުވެސް ވަރަށް ގިނަ ދަތި ތަކާއި އެކު ހިންގާ ދެ ހޮސްޕިޓަލެވެ.

ކުޑަދުވަސް ކޮޅެއް ކުރިން އަލް-ޝިފާ ހޮސްޕިޓަލް ވެގެންގޮސަފައިވަނީ އިސްރޭލުގެ ގްރައުންޑް އޮޕަރޭޝަންގެ މައިގަނޑު ތަނަކަށެވެ. އަދި މި ދިޔަ ހަފްތާގެ ބުދަ ދުވަހު އިސްރޭލު ސިފައިންވަނީ މި ހޮސްޕިޓަލަކީ ހަމާސް އިން ކިއްލާއަކަށް ބޭނުންކުރާ ބޭސްއެއް ކަމަށް ތުހުމަތުކޮށް އެތަނަށް ވަދެފައެވެ. މި ދައުވާއަށް ހަމާސް އިން ދެކޮޅު ހަދައެވެ.

މި ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ ބަލިމީހުންނާއި އާންމުން އަންނަނީ ސަލާމަތްތެރިކަން ހޯދުމަށްޓަކައި ދިރިއުޅެމުންނެވެ. އަދި އިސްރޭއިލުން ދެމުންގެންދާ ލާއިންސާނީ އަމަލުތަކުގައި މަރުވެފައިވާ ވަރަށް ގިނަ އަދަދެއްގެ ގަބުރުތައް ދަނީ ހޮސްޕިޓަލުތެރޭގައި ކުނިވެ ހަލާކުވަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި މީގެ ތެރެއިން ބައެއް ގަބުރުތައް އިސްރޭލުންވަނީ ނެރެފައެވެ. އެހެންނަމަވެސް އިސްރޭލުން މި ގަބުރުތައް ގެންދެވުނު ތަނަކާއި ހެދި ގޮތެއް ބުނެފައެއް ނުވާކަމެށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-