-Advertisement-

-Advertisement-

އިސްރާއީލާއި ހަމާސްއާ ދެމެދު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އަދި އެއްބަސްވުމެއް ނެތް

ވައިޓް ހައުސްގެ ތަރުޖަމާނަކު މިއަދު (އާދީއްތަ ދުވަހު) ވިދާޅުވީ ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދު އަދި އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށެވެ.

މީގެ ކުރިން ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލާއި ހަމާސްއާ ދެމެދު ގަތަރުގެ މެދުވެރިކަމާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ 50 ނުވަތަ އެއަށް ވުރެ ގިނަ މީހުން ރަހީނުކުރުމުގެ ބަދަލުގައި ފަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، “ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އެބަދޭ” ކަމަށެވެ. އެމެރިކާގެ ދެވަނަ އޮފިޝަލަކު ވަނީ އަދި އެއްބަސްވުމަކަށް އައިސްފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

“އެއްބަސްވުމަކަށް އަދި ނުދެވުނު ނަމަވެސް އެއްބަސްވުމަކަށް އައުމަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ،” ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-