-Advertisement-

-Advertisement-

އިސްރާއީލުން ޣައްޒާގެ ތިންބައިކުޅަ އެއްބައި ހަލާކުކޮށްލައިފި

ޣައްޒާގެ އުތުރު ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ގެދޮރުތައް ހަލާކުވެފައި. ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ޕަބްލިކް ރޭޑިއޯ “އެންޕީއާރު” އިން ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އޮރެގަން ސްޓޭޓް ޔުނިވާސިޓީގެ ތަޖުރިބާކާރުން ކަމަށްވާ ޖޭމޮން ވެން ޑެން ހޯކް އާއި ނިއުޔޯކް ޔުނިވާސިޓީގެ “ކިއޯނޭ” ސެންޓަރ ފޯ ސްޓަޑީޒްގެ ކޯރީ ޝިއާ ކުރި ދިރާސާއަކުން ދައްކާ ގޮތުގައި  ހަނގުރާމަ ފެށިގެން މިއަދާއި ހަމަޔަށް އުތުރު ބައިގައި ހުރި އިމާރާތްތަކުގެ 27 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވަނީ ގެއްލުން ލިބިފައެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށް އަލް ހުރާ އިން ބުނެ އެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓެލައިޓަކުން ނަގާފައިވާ ތަސްވީރުތަކަށް ދިރާސާކުރާ މި ދެ ތަޖުރިބާކާރުން ލަފާކުރި ގޮތުގައި މުޅި ޣައްޒާގެ 13 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގެ އިމާރާތްތައް ވަނީ ހަލާކުވެފައި ނުވަތަ ބިމާހަމަވެފައެވެ. އެއީ 38،000 އާއި 51،500 އާ ދެމެދުގެ އިމާރާތްތަކެވެ.

މި ތަޖުރިބާކާރުންގެ ދިރާސާތައް ދައްކާގިތުން އިސްރާއީލުން އެއްގަމުމަގުން ހަމަލާ ފެށުމަށް ފަހު އިމާރަތް ތަކަށް ލިބެމެންދާ ގެއްލުންތައް ނިސަބަތުން ވަނީ ކުޑަވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-