އިންޑިޔާގައި ކުރިޔަށްދާ ކްރިކެޓް ވޯލްޑް ކަޕް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވާއިރު, މި މުބާރާތުގެ ފައިނަލްގައި ކުޅެނީ މި އަހަރުގެ ހޯސްޓް ނޭޝަން އިންޑިއާ އާއި އޮސްޓްރޭލިޔާއެވެ.
މި މުބާރާތުގެ ދެ ޓީމުގެ ފުރަތަމަ މެޗްވެސް ކުޅެފައިވަނީ އެކަކު އަނެކަކާ ދެކޮޅަށެވެ. އެގޭ 45 ދުވަސް ފަހުން ދެޓީމް މި ނުކުންނަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައި އެވެ.
އިންޑިއާ ވަނީ ޖެހިޖެހިން 10 މެޗުން މޮޅުވެ, އަމިއްލަ ދަނޑުގައި ކުޅެ މުބާރާތް ޑޮމިނޭޓްކޮށްފައެވެ. އަދި 12 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް ގެނައުމަށް ތައްޔާރުވަމުންނެވެ. އެންމެ ފަހުން އިންޑިއާ ވޯލްޑް ކަޕް ތަށި އުފުލާފައިވަނީ 2011 ވަނަ އަހަރު ހަމަ އެގައުމުގައި ބޭއްވި ވޯލަޑް ކަޕްގައި އެވެ.
ރަސްމީކޮށް އިންޑިއާގެ ގައުމީ ކުޅިވަރުކަމުގައި ކްރިކެޓް ނުވި ނަމަވެސް އިންޑިއާގެ އެންމެ ގިނަ ބަޔަކު ކުޅޭ އަދި އެންމެ ބޮޑު ހޭދައެއް ކުރާ ކުޅިވަރަކީ ކްރިކެޓެވެ. އިންޑިއާއަށް ކްރިކެޓް ތާއާރަފް ވެފައިވަނީ އިނގިރޭސި އިސްތިޢުމާރާ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގައެވެ. ކްރިކެޓް ކުޅިވަރު އެންމެ ފުރަތަމަ ކުޅެންފެށި ބަޔަކީ ވެސް އިނގިރޭސީންނެވެ.
އަހުމަދުއާބާދުގެ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި ގާތްގަނޑަކަށް 132,000 އެއްހާ ގިނަ ސަޕޯޓަރުން ސަޕޯޓުކުރުމަށް ސްޓޭޑިއަމް އަށް ދާނެކަމުގައި ބެލެވެއެވެ.
ފައިނަލް މެޗް އޮންނާނީ މިއަދި މެންދުރު ފަހު ރާއްޖެ ގަޑިން 13:00ގައި އެވެ.