-Advertisement-

-Advertisement-

ހަމާސް އާއި އިސްރާއީލާއި ދެމެދު އަސީރުން ބަދަލު ކޮށްފި

ފޮޓޯ; އަލްޖަޒީރާ

ފަލަސްތީނުގެ ގާޒާގައި އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުންދާ ހަނގުރާމަ 4 ދުވަހަށް މެދުކަނޑާލުމަށްފަހު، ދެފަރާތުންވެސް އަސީރުން ބަދަލު ކޮށްފި އެވެ.

މިގޮތުން ހަމަލާތައް ހުއްޓާލެވުނު ފުރަތަމަ ދުވަހު، ފަލަސްތީނުގެ 39 މީހަކާއި އިސްރާއީލުގެ 13 މީހަކު ވަނީ ހައްޔަރުން ދޫކޮށްލެވި އެމީހުންގެ ގެދޮރަށް ދިޔުމަށް ފުރުސަތު ދެވިފަ އެވެ. އަދި މީގެ އިތުރުން ތައިލެންޑްގެ 10 މީހަކާއި ފިލިޕީންސްގެ ރައްޔިތަކުވެސް ވަނީ ދޫކޮށްލާފަ އެވެ.

ޤާޒާގައި އިސްރާއީލުން ޤަތުލުޢާއްމެއް ހިންގަމުން ގެންދާތާ ދޮޅުމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ޤަތުލުޢާއްމުގައި ފަލަސްތީނުގެ 14 ހާހަށްވުރެ ގިނަމީހުން ޝަހީދުވެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގާޒާގެ ހަނގުރާމަ 4 ދުވަހަށް ހުއްޓާލުމުން، ގަޒާގެ ރައްޔިތުންނަށް ދޮޅުމަސްފަހުން ހަމަޖެހިގެން ބިރުވެރިކަމެއްނެތި ނިދާލެވުނީ ރޭގަ އެވެ. ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަންލް އެކި ޖަމިއްޔާތަކާއި އަވައްޓެރި ޤައުމުތަކުން ކުރަމުންދާއިރު، މިކަމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެފަރާތްތަކުން މަޢުލޫމާތުދެ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-