-Advertisement-

-Advertisement-

ބަޝުންދަރާ އަތުން ބަލިވެ މާޒިޔާ ކަޓައިފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ފަހަތުން އަރާ ބަޝުންދަރާ އިން މާޒިޔާ ބަލިކޮށްފި އެވެ. މި ބައްޔާއި އެކު މާޒިޔާ އަށް ވަނީ އޭއެފްސީ ކަޕްގައި ކުރިއަށް ދިޔުމުގެ ފުރުސަތު އެއްކޮށް ގެއްލިފަ އެވެ.

މިއަދު ހަވީރު ބަންގްލަދޭޝްގައި ކުޅުނު ގްރޫޕް ސްޓޭޖް މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ހޯދީ މާޒިޔާ އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބަޝުންދަރާގެ ގޯލްކީޕަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި, މާޒިޔާ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު އޮބެން ރޭގަން އެވެ. މާޒިޔާ އިން ގޯލްޖެހި ނަމަވެސް މެޗު ޑޮމިނޭޓްކޮށް މޮޅަށް ކުޅެފައި ވަނީ ބަޝުންދަރާ އިންނެވެ. 

މެޗުގެ ދެވަނަ ހާފުގައި ބަޝަންދުރާ އިން ފަހަތުން އަރާ 2 ގޯލް ޖެހީ ފަހު 10 މިނެޓު ތެރޭގަ އެވެ. 80 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބޮލުންޖަހައި ބަޝުންދަރާ އަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ  ބޮބުރްބެކް ޔުދާޝޯފް އެވެ. ބަޝުންދަރާ މޮޅުކޮށްދިން ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ މިޑްފީލްޑަރު މިގުއެލް ފިގޭރާ އެވެ.

މި ނަތީޖާ އާއި އެކު, ބާކީ އެއް މެޗު އޮއްވާ މާޒިޔާ އަށް ވަނީ މުބާރާތް ނިމިފަ އެވެ. ގްރޫޕް ޑީގެ އެންމެ ފުލުގައި މާޒިޔާ އޮތީ ކުޅުނު 5 މެޗުން 3 ޕޮއިންޓް ލިބިގެންނެވެ. ގްރޫޕް އެއް ވަނައިގައި ކުޅުނު 5 މެޗުން 10 ޕޮއިންޓް ހޯދައިގެން އޮތީ ބަޝުންދަރާ ކިންގްސް އެވެ. ދެވަނައިގައި އޮޑީޝާ އެފްސީ އޮތީ 5 މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. އަދި 3 ވަނައިގައި 5 މެޗުން 7 ޕޮއިންޓާއި އެކު ތިން ވަނައިގައި އޮތީ މޯހަން ބާގަން އެވެ.  

ފަހަތުން އަރައި ގިނަ މެޗުތަކުން ބަލިވި އިރު, މާޒިޔާ ޓީމްގައި ގިނައީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އޭއެފްސީ ކަޕް ގެ ފަހު މެޗުގައި މާޒިޔާ އިން މޯހަން ބާގަން އާއި ދެކޮޅަށް އަންނަ މަހު 11 ގައި މާލޭގައި ކުޅޭނެ އެވެ. 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-