-Advertisement-

-Advertisement-

ރާއްޖެ އިން ފޮނުވި އެއް ލައްކަ ޑޮލަރުގެ އެހީ ޣައްޒާ އަށް އެތެރެކޮށްފި

ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ފޮނުވި އެހީގެ ލޮރީތައް ފުރަތަމަ ފަހަރަށް ޣައްޒާ އަށް އެތެރެވެއްޖެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ އެކު، ހަތަރު ޖަމިއްޔާއެއްގެ އެހީތައްވެސް ވަނުމުގެ ހުއްދަ މިއަދު ވަނީ ލިބިފައެވެ. ހަ ލޮރީގެ ތަކެތި ވައްދާފައިވާއިރު މީގައި ވަނީ ސިއްހީ އެހީތެރިކަމަށް ބޭނުންވާ ސާމާނާއި ބޯފެނާއި ކާބޯތަކެއްޗެވެ.

އެހީގެ ތަކެއްޗާ ރާއްޖެއިން ހަވާލުވެގެންދިޔަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި ފުރަތަމަ ވައްދަން ޖެހުނީ އިސްރާއީލު ފަޅީން ނެވެ. އަދި އެތަނުން ޗެކް ކުރެވި އެހެން ޓްރަކްތަކެއްގައި އެ ތަކެތި ޖަހާފައިވާ ކަމަށެވެ. އަދި އެއަށްފަހު ކަރީމް އަބޫ ސާލިހު މަގުން ތަކެތި ޣައްޒާއަށް ވައްދާފައިވާ ކަމަށްވެސް ބުންޏެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، ފަލަސްތީނުގެ ޣައްޒާ ރައްޔިތުން ދިރިއުޅޭ އެތައް ގެތަކެއް ވަނީ ބިމާ ހަމަވެފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް އިސްރާއީލާއި ހަމާސްއާ ދެމެދުގައި ހަނގުރާމަ މެދުކަނޑާލާފައި ވަނީ މިސްރާއި ގަތަރު މުހިންމު ރޯލެއް އަދާކުރުމުގެ ސަބަބުންނެވެ. މި ހަނގުރާމަ ހުއްޓާލުމަށް އދ. އިންވެސް މިހާރު ވަނީ ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-