-Advertisement-

-Advertisement-

ބޮޓްސްވާނާ މުބާރާތުން ނަބާ އަދި ނަބީ އަށް ރިހި މެޑަލް

މިމަހުގެ ގައި ކުރިއަށްދިޔަ ބޮޓްސްވާނާ އިންޓަނޭޝަނަލް ފިއުޗާ ސީރީޒް ބެޑްމިންޓަން މުބާރާތުން ރާއްޖޭން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ރިހި މެޑަަލް ހޯދައިފި އެވެ.

މިމަހުގެ 26 ގައި ނިމުނު މުބާރާތުގައި ރާއްޖޭގެ އެއްވަނަ އަންހެން ޑަބަލްސް ޕެއާ އިން ރިހި މެޑަލް ހޯދީ ބޮސްޓްވާނާ މުބާާރާތުގެ އަންހެން ޑަބަލްސް އިވެންޓުންނެވެ. މި މުބާރާތުގައި ނަބީހާ އާއި ނަބާހާ ހޯދި ރިހި މެޑަލްގެ އިތުރުން ފިރިހެން ޑަބަލްސްއިން ނިބާލް އަހުމަދާއި މުހައްމަދު އަޖުފާންގެ ޕެއާ އަދި ޒަޔާން ޒަކީ އަދި ނަޝްފާން މުހައްމަދުގެ ޕެއާ ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ.

ނަބީހާ އާއި ނަބާހާ ޑަބަލްސް ފައިނަލުގައި ބަލިވީ އެފްރިކާގެ އެންމެ ވަރުގަދަ އަންހެން ޕެއާ ކަމަށްވާ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޑެއިޑްރޭ ލޯރެންސް އަތުން 2-1 ސެޓުންނެވެ. ފައިނަލު މެޗުގެ ފުރަތަމަ ސެޓު ދެކުނު އެފްރިކާގެ ޕެއާ އިން 21-13 އިން ހޯދި ނަމަވެސް ދެވަނަ ސެޓު 20-22 އިން ހޯދައި ރާއްޖެއިން އެއްވަރުކުރި އެވެ. ފަހު ސެޓު އެފްރިކާގެ ޕެއާ އިން ހޯދީ 21-18 އިންނެވެ.
ނަބީހާ އާއި ނަބާހާ ވަނީ މި މުބާރާތުގެ ސިންގަލްސް އިވެންޓުގައިވެސް ރަނގަޅު ވާދައެއްކޮށްފަ އެވެ. މިގޮތުން ސިންގަލްސްގެ ގަދަ 16 އިން ނަބީހާ ޖާގަ ހޯދިއިރު، ނަބާހާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ބޮސްޓްވާނާ މުބާރާތުގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދި ފިރިހެން ދެ ޕެއާގެ ތެރެއިން ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ މެލޭޝިއާގެ ޗޮކް ކެން ވެއި އާއި އެންޑީ ޔޫގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 09-21 އަދި 09-21 އިންނެވެ.

ޒަޔާން އާއި ނަޝްފާންގެ ޕެއާ ސެމީގައި ބަލިވީ މޮރީޝަސްގެ ލޫކަސް ޑޫސް އާއި ކެމްޓީޝް ރާއީ އަތުންނެވެ. މި މެޗުގެ ސެޓުތައް މޮރީޝަސްގެ ޕެއާއިން ގެންދިޔައީ 22-20 އަދި 21-17 އިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-