-Advertisement-

-Advertisement-

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު ދިގުރަށުން ފެނިއްޖެ

Breaking News

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެ ތުއްތު ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ މައުލޫމާތު ދެއްވާފައިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަސައްލައާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެފަރާތުންވަނީ ބުނެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-