-Advertisement-

-Advertisement-

ގޫގުލް ޖެމިނީ: މިއީ އޭއައިގެ އާ އިންގިލާބީ ކުރިއެރުމެއްތަ؟

ގޫގުލް ޖެމިނީ އަކީ ކޮބާ؟

ޖެމިނީ އަކީ ގޫގުލްގެ އާ އަދި ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެކެވެ. ލިޔެފަ ހުންނަ އެއްޗެއްގެ އިތުރުން  ތަސްވީރުތަކާއި ވީޑިއޯ އަދި އޯޑިއޯ ވެސް ދެނެގަތުމުގެ ބާރު ލިބިފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެކެވެ.

މަލްޓިމޯޑަލް މޮޑެލްއެއްގެ ގޮތުގައި ޖެމިނީ ސިފަކޮށްފައިވަނީ ހިސާބާއި ފިޒިކްސް އަދި އެހެނިހެން ދާއިރާތަކުގެ ކޮމްޕްލެކްސް މަސައްކަތްތައް ފުރިހަމަކުރުމުގެ އިތުރުން އެކި ޕްރޮގްރާމިން ލޭންގުއޭޖްތަކުގައި މަތީ ފެންވަރުގެ ކޯޑްތައް ވިސްނައި އުފެއްދުމުގެ ގާބިލްކަން ހުރި މޮޑެލެކެވެ.

ގޫގުލް އިން ވަނީ ޕްރޮޖެކްޓް ޖެމިނީ މި ދިޔަ ޑިސެންބަރ 6 ވަނަ ދުވަހު އާންމުނަށް ދައްކާލާފައިއެވެ. ޖެމިނީ އަކީ އިންސާނެއް ފަދައިން ކަންތައް ކުރުމަށް ތަމްރީނު ކޮށްފައިވާ އެއައި މޮޑެލްއެކެވެ.

އާންމުނަށް ދައްކާލި ކަމުގައި ވިޔަސް ޖެމިނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެންދާނީ އަންނަ އަހަރުގެ ކުރީކޮޅުގައި އެވެ. ގޫގުލް ޕިކްސެލް 8 އަދި އެންޑްރޮއިށް ފޯނުތަކަށް ގޫގުލްއިން ޖެމިނީ ސަޕޯޓްކުރަން ފެއްޓުމުންނެވެ، ސްމާޓްފޯން ތަކުގައި ގެމިނީގެ އެހީގައި ސުވާލުތަކަށް ޖަވާބު ދިނުމާއި, ވަޓްސްއެޕް ފަދަ މެސެޖިން އެޕްތަކުގެ މެސެޖްތައް ޖެމިނީއިން ކިޔާ އެއާ ގުޅޭ ޖަވާބު ދިނުމުގެ ބާރު ޖެމިނީގައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިހާރު ގޫގުލް ބާޑް ވަނީ ޖެމިނީ ޕްރޯއާއި އެކުގައި އަޕްޓޭޑް ކުރެވެފައިކަމަށް ގޫގުލްއިން ބުނެއެވެ.

ގެމިނީގެ 3 ވަރޝަން

  • ޖެމިނީ ނޭނޯ: ޖެމިނީ ނޭނޯ އަކީ ސްމާޓް ފޯންތަކަށް ހާއްސަ ވާރޝަންއެކެވެ. ނޭނޯ ސްމާޓް ފޯންތަކަށް އައުމުން ޖެމިނީގެ ބާރު ގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް އިންޓަނެޓް ނެތަސް ފޯނިން ބޭނުން ކުރެވޭނެއެވެ.
  • ޖެމިނީ ޕްރޯ: ޕޮރޯ ހާއްސަ ކޮއްފައިވަނީ ޑޭޓާ ސެންޓަރު ފަދަ ބޮޑެތި ޑޭޓާ ގެންއުޅޭ ތަންތާގައިއެވެ. އަދި މުސްތަގުބަލުގައި ގޫގުލް ބާޑް އިން ބޭނުން ކުރާނީވެސް ޖެމިނީ ޕްރޯއެވެ. މީގެ ސަބަބުން ބާޑްއިން ޖަވާބު ދިނުން އަވަސްވެ ކޮމްޕްލެސް ސުވާލުތަކުގަ ދެނެގަތުމުގެ ބާރު ލިބޭނެއެވެ.
  • ޖެމިނީ އަލްޓްރާ: ގޫގުލް އިން ސިފަކުރާ ގޮތުގައި ޖެމިނީ އަލްޓްރާ އަކީ އެ ކުންފުނީގެ އެންމެ ގާބިލް މޮޑެލް ކަމަށާއި، މިއީ ލާޗް ލެންގުއިޖް މޮޑެލް (އެލްއެލްއެމް) ރިސާޗް އެންޑް ޑިވެލޮޕްމަންޓްގައި ބޭނުންކުރާ 32 އެކަޑަމިކް ބެންޗްމާކްގެ ތެރެއިން 30 އަށް ވުރެ ގިނަ ބެންޗްމާކް ބޭނުން ކޮއްގެން ތައްޔާރުކުރަމުންދާ މޮޑެލްއެކެވެ.  ގޫގުލްއިން ބުނަނީ އަލްޓްރާ އަކީ ވަރަށް ކޮމްޕްލެކްސް ޓާސްކްތަކަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި، މިހާރު ޓެސްޓް ކުރުމުގެ މަރުހަލާގައި ވާ މޮޑެލްއެއް ކަމަށެވެ.

ގޫގުލްގެ ޖެމިނީ އާއި ޖީޕީޓީގެ ތަފާތު

ގޫގުލްގެ އާ ޖެމިނީ މޮޑެލް އަކީ މިހާތަނަށް އުފެއްދި އެންމެ ބޮޑު، އެންމެ ޒަމާނީ އެއައި މޮޑެލްއެވެ. ނަމަވެސް މީގެ އަސްލު ފެންވަރު އިނގޭނީ ޖެމިނީ އަލްޓްރާ ނެރުމުންނެވެ. މިހާރުގެ އެއައި ޗެޓްބޮޓްތަކާއި ޖެމިނީ ތަފާތުވަނީ ޖެމިނީއަކީ ނެޓިވް މަލްޓިމޯޑަލް ސިފަ ލިބިފައިވުމެވެ. ޖީޕީޓީ-4 ފަދަ އެހެން މޮޑެލްތަކުން ހަގީގަތުގައި މަލްޓިމޯޑަލް ވުމަށް ބަރޯސާވެފައިވަނީ ޕްލަގިންސް އާއި އިންޓަގްރޭޝަންތަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-