-Advertisement-

-Advertisement-

ނީލަ ކޯރުގެ މަޝްވަރާތައް ފެއިލްވެއްޖެ: މިސްރު

އިތިއޯޕިއާ އިން ނީލަ ކޯރުގައި ހަދާ ޑޭމްގެ މައްސަލައާ ގުޅިގެން މިސްރާއި އިތިއޯފިއާ އާ ދެމެދު ކުރެވުނުމަޝްވަރާތަކަށް އެއްވެސް ހައްލެއް ނުލިބި ފެއިލް ވެއްޖެ ކަމަށް މިސްރުގެ ސަރުކާރުން ބުނެފިއެވެ.

އިތިއޯޕިއާއިން ނޫ ނީލަކޯރުގައި ހައިޑުރޯ ޑޭމް އެއް އެޅުމުގެ މަސައްކަތް ކުރަން އިއުލާނު ކުރި ހިސާބުން މި ދެ ގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ސަބަބަކީ މި ޑޭމްގެ ސަބަބުން ނޫ ނީލަ ކޯރުން މައި ކޯރަށް ދަތުރުކުރާނެ ފެނުގެ މިންވަރު މަދުވެގެން ދާނެތީއެވެ.

މިކަމުގެ ސަބަބުން ނީލަ ކޯރުގެ އައްސޭރީގައިވާ މިސްރުގެ ބޮޑެތި ސަހަރުތަކަށް ފެނުގެ ދަތިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އަދި މިސްރުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ދަނޑުވެރިކަމުގެ ސިނާއަތް ދަށަށް ދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑުވެގެންދާނެއެވެ.

އެ ޕްރޮޖެކްޓާއި މިސްރުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އެތައް ފަހަރެއްގެ މަތިން މި ޕްރޮޖެކްޓާއި މެދު ކުރެވުނު އެއްވެސް މަޝްވަރާއެއް ކާމިޔާބުވާގޮތްވަނީ ނުވެފައިއެވެ.

އެގޮތުން އެންމެ ފަހުގެ މަޝްވަރާތައްވެސް ނާކާމިޔާބު ވެފައިވާ ކަމަށް މިސްރުން ބުނެފައިވާއިރު އެ ގައުމުން ބުނެފައިވަނީ އެ ޑޭމް ގެ މަސައްކަތް މިސްރުން ގާތުން ބަލަމުން ގެންދާނެ ކަމަށާއި، މިސްރުގެ ފެން ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-