މީހަކު މެރުމުގެ ކުށުގައި 48 އަހަރު ޖަލުގައި ހޭދަކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ އޭނާ މިނިވަންކޮށްފިއެވެ.
އުމުރުން 22 އަހަރުގައި މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލަށް ލެވުނީ މިހާރު އުމުރުން 70 އަހަރުގެ ގްލީން ސައިމަންސް ނަމަކަށް ކިޔާ އެމެރިކާގެ މީހެކެވެ.
ގްލީން ސައިމަންސް ވަނީ 1974 ވަނަ އަހަރު ފިހާރައަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި މީހަކު މަރާލާފައި ކަމަށް ސައްކު ކުރެވިގެން.
އޭނާ ޖަލަށް ލީ 1975 ވަނަ އަހަރުގައެވެ.
މަރަށް މަރުގެ ހުކުމް އިއްވާފައިވާ ސައިމަންސްގެ އަދަބު އެގައުމުގެ ސްޕްރީމް ކޯޓުން ވަނީ އުމުރުދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައެވެ.
ސައިމަންސް މިނިވަން ކުރި ކޯޓުން ބުނީ އިންވެސްޓިގޭޓް އޮފިސަރުން ރަނގަޅަށް މިމައްސަލަ ތަހުޤީގު ނުކުރާ ކަމަށާއި ވަކީލުންނާ ހުރިހާ ހެކި ފުލުހުންހަވާލުނުކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ސައިމަންސްގެ ކުށެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.
ސައިމަންސް ވަނީ އޭނައަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައެވެ. އޮކްލަހޯމާގައި ގޯސްކޮށް ކުށް ސާބިތުވެފައިވާ މީހުންނަށް 175،000 ޑޮލަރުގެބަދަލެއް ލިބެއެވެ.