-Advertisement-

-Advertisement-

‎ބަންގްލަދޭޝްގައި ރޭލެއްގައި އަލިފާން ރޯވެ 4 މީހުން މަރުވެއްޖެ

ބަންގަލަދޭޝްގައި އަލިފާން ރޯވި ރޭލު. ފޮޓޯ: އަލްޖަޒީރާ

ބަންގްްލަދޭޝްގައި ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ރޯވެ 4 މީހުން މަރުވެ އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ  ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލެވެނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

މިއީ މާދަމާ އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާއި ގުޅިގެން މިހާރުވެސް ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅުގައި މަސްރަހު އިތުރަށް ހޫނުކޮށްލުމަށް ހިންގައިފައިވާ ހާދިސާއެކެވެ.

އަލިފާން ރޯވެފައިވަނީ ހުޅަނގުގެ ޖައްސޫރު އިން ވެރިރަށް ޑާކާ އަށް ދަތުރު ކުރަމުން ދިޔަ ރޭލެެއްގައެވެ. މިހާދިސާ ހިނގީ އެގައުމުގެ ގަޑިން ރޭ ގާތްގަނޑަކަށް21:00 ޖަހާ ހާއިރު އެވެ.

އަލިފާންގަނޑު ހަލުވިކޮށް ފެތުރިފައިވާއިރު، އަލިފާން ނިއްވާލެވުނީ 2 ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ.

މާދަމާގެ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ބޮޑު ވަޒީރު ޝޭހު ހަސީނާ އާއި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އެވެ. އިދިކޮޅު ލީޑަރު ޚާލިދާ ހުންނެވީ ގޭބަންދުގައެވެ.

އިންތިހާބާއި ދިމާކޮށް ބަންގްލަދޭޝްގައި އަބަދުވެސް ހަމަނުޖެހުންތައް އިތުރުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-