-Advertisement-

-Advertisement-

ސިފައިން ގައުމީ ވޮލީ ލީގު ޗެމްޕިއަންކަން ހޯދައިފި

ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް ސިފައިން ބަލިކޮށ ް3 އަހަރަށް ފަހު ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބު ކޮށްފި އެވެ.

ރޭ ސޯޝަލް ސެންޓަރު އިންޑޯގައި ކުޅުނު މެޗު ސިފައިން ގެންދިޔައ ީ25-10 ،25-19 އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ސިފައިންގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި އެ ޓީމުގެ ހުސެއިން ޝާހިދުގެ އިތުރުން، ވެމްކޯގެ ހުސެއިން ޔޫސުފް (ޓޯއީ)، އަލީ ހުޒާމް (ހުޒާންޓޭ)، ލިބަރޯ އަހުމަދު ނަބީލް (ނައްބަ)، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދ ިސިޓީ ސްޕޯޓްސް ކްލަބްގެ އަހުމަދުގެ ފާޒިލް އެވެ.

5 މެޗުން 13 ޕޮއިންޓް ހޯދައިން ސިފައިން ލީގުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތީ އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެ ސިޓީ ސްޕޯޓްސް ކްލަބް އެވެ. އަދި ވެމްކޯއާއި އާބަންކޯ އިންވެސް ވަނީ ގަދަ 4 ގެ ޖާގަ ހޯދާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-