-Advertisement-

-Advertisement-

‎އިންޑިއާގެ ބޭސް ކުންފުނިތަކަށް ގަވާއިދު ހަރުކަށިކޮށްފި

އިންޑިއާގައި އުފައްދާ ބޭސް ބޭނުންކޮށްގެން އެކި ގައުމުތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބޭސް ކުންފުނިތަކުން އަމަލުކުރަންޖެހޭރައްކާތެރިކަމުގެ މިންގަނޑު ހަރުކަށިކޮށްފި އެވެ.

އިންޑިއާގެ 50 ބިލިއަން ޑޮލަރުގެ ބޭސް އިންޑަސްޓްރީގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައި ވާތީ އުސޫލުތައް ހަރުކަށިކުރުމަށް އަންގާފައިވީނަމަވެސް ކުދި ކުންފުނިތަކުން ވަނީ އާ އުސޫލަށް އަމަލުކުރަން ފެށުމަށް އިތުރު މުއްދަތެއް ދިނުމަށް އެދިފަ އެވެ.

ބޭހެއް މާކެޓަށް ނެރުމުގެ ކުރިން އެ ބޭހުން އެކަށީގެންވާ ނަތީޖާ ލިބޭތޯއާއި އަދި އެކަށީގެންވާ މިންވަރެއްގެ ސާމްޕަލް ބޭނުންކޮށްގެން ޓެސްޓުކުރުމަށާއިކޮންމެ ބެޗެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ތަކުރާރުކޮށް ޓެސްޓުތައް ހެދުމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ

ސަރުކާރުން އަންގާފައިވަނީ ބޮޑެތި ކުންފުނިތައް ހަ މަސް ދުވަހުގެ ތެރޭގައި އަދި ކުދި ކުންފުނިތައް 12 މަސް ދުވަހުގެ ތެރޭގައި މިންގަނޑަށް ފެއްތުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-