-Advertisement-

-Advertisement-

އެޕަލް ވިޒަން ޕްރޯ ފެބްރުއަރީ 2 ގައި ބާޒާރަށް ނެރެނީ

އެޕަލް ވިޒަން ޕްރޯ - ފޮޓޯ: އެޕަލް

އެޕަލް ކުންފުނިން އަހަރުތަކަކަށް ފަހުގައި ނެރޭ އާ ޕްރޮޑަކްޓް, އެޕަލް ވިޒަން ޕްރޯ އަންނަ މަހުގެ 2 ވަނަ ދަވަހު ބާޒާރަށް ނެރޭނެކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި އެކުންފުނީގެ ފިހާރަތަކާއި އޮންލައިންކޮށް މި ޕްރޮޑަކްޓް ފެބްރުއަރީ 2 ގައި ލިބެން ހުންނާނެކަމަށެވެ. އެދި ޕްރީ އޯޑާ ކުރުން މި ހަފްތާގެ ހުކުރުދުވަހުން އިން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ.

އެޕަލް ވިޒަން ޕްރޯ ވެގެން ދާނީ 2015 ވަނަ އަހަރު އެ ކުންފުނިން ނެރުނު އެޕަލް ވޮޗް އަށް ފަހުގައި އެކުންފުނިން މުޅިން އާ ޕްރޮޓަކްޑެއް ބާޒާރަށް ނެރޭ ފުރަތަމަ ފަހަރަށެވެ. އަދި މިހާރުގެ އެޕްލަ ކުންފުނީގެ ސީއީއޯ ޓިމް ކުކް އެމަގާމުގައި ހުރެ ނެރޭ އެންމެ ފަހުގެ އާ ޕްރޮޑަކްޓަށެވެ.

އެޕަލް ވިޒަން ޕްރޯއަކީ މިކްސް ރިއަލިޓީ ހެޑްސެޓެކެވެ. އެ ކޮންޓްރޯލް ކުރަނީ އަތާއި ލޮލުގެ އިޝާރާތުންނެވެ. މި ހެޑްސެޓް އެޅުމުން މުޅިން އެހެން އިމާސިވް އެންވާރަމެންޓެއް ތަޖްރިބާ ކޮއްލެވޭނެއެވެ. ފޮޓޯ ވީޑީއޯ 3D ކޮށް ބަލާލެވޭނެއެވެ. މީގައި އެކުލެވިފައިވާ ސްކްރީނާއި, އޯޑިޔޯގެ ސަބަބުން އެ އަޅައިގެން ހުންނަ މީހާއަށް އޭގެއިން ދައްކުވައިދޭ މަންޒަރާއި އަޑު ސާފުކޮށް އިވުނު ނަމަވެސް ކައިރީގައި ތިބޭ މީހުންނަށް އެއްވެސް ގޮތަކަށް އަޑު ނީވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްރޮޑަކްޓެކެވެ.

އެމެރިކާގެ ބާޒާރުގައި މި ވިއްކުމަށް ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުން 3,499 އަކަށެވެ. އެއީ ރައްޖޭގެ ރުފިޔާއިން ބަލާނަމަ 53,900 ވަރަކަށް ރުފިޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-