-Advertisement-

-Advertisement-

‎އޮފީހަށް ސަލާމް ބުނުމަކީ ފަރުވާ ކުޑަ ވުންތަ؟

ފޮޓޯ: ސަން މީޑިއާ

ސިކްލީވް ނުވަތަ އޮފީހަށް ސަލާމް ބުނުމަކީ ގަވައިދުގެ ތެރެއިން ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ހައްގެކެވެ. އެހެން ނަމަވެސް އެ ސިކްލީވް ނެގުމުންއެމުވައްޒަފަކީ ފަރުވާ ކުޑަ މީހެއްގެ ލޭބަލް ލިބުން މިއީ މަދުން ނަމަވެސް މި މުޖުތަމައުން ފެންނަމުން އަންނަ ކަމެކެވެ.

ބައެއް އޮފީސް ތަކުން 1 ދުވަހަށް ސަލާމް ބުންޔަސް ޖެހިގެން އަންނަ ދުވަހު މެޑިކަލް ސެޓްފިކެޓް ގެންދަން ޖެހެއެވެ. މުވައްޒަފު ސަލާން ހައްދަނީ ފެންނަންހުންނަ ބައްޔެއް ވެގެން ނޫން ކަމަށްވެސް ވެދާނެއެވެ. ބައެއް ފަހަރު ހާލަތު ހުންނަ ގޮތުން ހެނދުނު ހޭލާ އިރު ހަމަ ތެދުވަން މަސައްކަތް ކުރިއަށް އެނދުގައިތަތްވެފައި އޮންނަ ކަހަލައެވެ. ސަލާމް މީހުން ހައްދަނީ ހަމަ އެކަނި އެޑްމިޓް ކުރާ ވަރަށް ނުވަތަ ޑޮކްޓަރަށް ދައްކާ ވަރަށް ބަލި ވީމައެއް ނޫނެވެ. މީހާ އަކީނަފްސާނީ ކަންތައްތަކެއް ތަހަންމަލް ކުރަމުންދާ މީހަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަދި އެވާހަކަ ތަކަކީ ސުޕަވައިޒަރަކާއި ހިއްސާ ކުރަން ބޭނުންނުވާ ވާހަކަ ތަކެއް ކަމަށް ވެދާނެއެވެ.

ބައެއް ފަހަރު އޮފީހަށް ސަލާމް ބުނެފައި ޖެހިގެން އަންނަ ދުވަހު އޮފީހަށް އައުމުން ހަމަ ނިދާލަން ސަލާން ހައްދާލީ ދޯ އޭވެސް ބުނެފައި އެބަ ހުއްޓެވެ. އަދިބައެއް ފަހަރު ސަލާމް ހެއްދުމުން އަޑުން ބަލި ހެން ހީވޭތޯ ޓެސްޓު ކުރަން ގުޅާފައި އެބަ ހުއްޓެވެ. މިއީދެން ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ.

ހިޔާލަކީ ތަފާތު އެއްޗެކެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޮފީހަށް ސަލާމް ބުނަނީ ފަރުވާ ކުޑަވެގެން ނޫނެވެ. ސަލާމަކީ ކޮންމެ މުވައްޒަފެއްގެވެސް ހައްގެކެވެ. އަދި އެސަލާމުގެ ބޭނުން ހިފާނޭ ގޮތެއް އިންގޭނީ ހަމަ އެމީހަކަށެވެ.

ކަން މިހެން ހުރި ކަމުގައި ވިޔަސް ބައެއް ފަހަރު ބައެއް މީހުން ހަމަ ދަތުރެއް ގޮސްލަން ވެސް ސަލާމް ބުނެފައި އެބަ ހުއްޓެވެ. އަދި މިކަން ސުޕަވައިޒަރަށްފަހުން ފަޅާއަރާފައި ވެސް އެބަ ހުއްޓެވެ. މިހެން އުޅޭ މީހުންގެ ސަބަބުން އެކަމުގެ ހުރިހާ އުނދަގުލެއް ކުރިމަތި ވަނީ ދެންތިބޭ މައުސޫމް އަޅުގަނޑުމެން ކަހަލަމީހުންނަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-