-Advertisement-

-Advertisement-

ވެމްކޯއިން ކުނި އުކާލުމަށް ނަގާ ފީ 50 އިންސައްތައިން ދަށްކޮށްފި

ވެމްކޯގެ ކުނި އުފުލާ ވެހިކަލެއް. ފޮޓޯ: ވެމްކޯ

ވެމްކޯގެ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލުމަށް ނަގަމުންދިޔަ ފީ 50 އިންސައްތައިން ދަށްކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުނި އުކާލާ އުޅަނދުފަހަރުން ނަގާ ގޭޓް ފީއަށް މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާ އެކު، މިހާރު ކުނި އުފުލާ އުޅަނދުފަހަރުން ޓަނަކަށް ނަގާނީ 106 ރުފިޔާއެވެ. މިއީ ކުރިން ޓަނަކަށް ނަގަމުން އައި 212 ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ލުޔެކެވެ.

ވެމްކޯއިން މި ބަދަލު ގެނެސްފައިވަނީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-