-Advertisement-

-Advertisement-

ޖައިޝަންކަރުގެ ނުސީދާ ރައްދެއް ރައީސް މުއިއްޒަށް

ފޮޓޯ؛ ދަ އިކޮނޮމިކް ޓައިމްސް

އިންޑިއާއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.

ޖައިޝަންކަރު ރައްދު ދެއްވާފައިވަނީ، ޖެނުއަރީ 13، 2024 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ނިސްބަތް ކޮށެވެ. އެ ދުވަހު އިންޑިއާ އަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޖައިޝަންކަރު ވިދާޅުވީ ގަނާ ކުރާ ގައުމުތަކުން، ހާލުގައި އޮތް އަވަށްޓެރި ގައުމުތަކަށް 4.5 ބިލިއަން ޑޮލަރެ އެހީ ނުދޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިންޑިއާގެ ދިއްލީގައި ފޮތެއް ލޯންޗުކުރި ރަސްމިއްޔާތެއްގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

“ގަނާ ކުރާ ގައުމުތަކުން ކޮވިޑް ވެކްސިން ފޯރުކޮށްދީ އަދި ދުނިޔޭގައި އެކި ކަންކޮޅުގައި ހަނގުރާމަތައް ކުރިޔަށްދާއިރު ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން މަސައްކަތް ނުކޮށްދޭނެ” ޖައިޝަންކަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރައީސް ކަމަށް ވަޑައިގަތުމަށްޓަކައި ކުރެއްވި ކެމްޕޭނުގައި އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ އިންޑިއާ އަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ހުރި އަސްކަރީ އުޅަނދު ފޮނުވާލާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-