-Advertisement-

-Advertisement-

ނޭޕާލްގެ ކަތަމަންޑޫއިން ފުރި މަތިންދާބޯޓެއް ވެއްޓި 18 މީހަރު މަރުވެއްޖެ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން ފުރި މަތިންދާބޯޓެއް ވެއްޓި 18 މީހަރު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އިއްޔެ ނޭޕާލްގެ ގަޑިން 11:15 ހާއިރެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެއެވެ.

ނޭޕާލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާޗް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ބޯޓަކީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުން ޕޮކަރާއަށް ދަތުރުކުރި ބޯޓެކެވެ. ސޮއުރިޔާ އެއަރލައިންސްގެ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެ ބޯޓަކީ ސީއާރްޖޭ 200 މަރުކާގެ 50 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަސިންޖަރުންނާއި ފަޅުވެރިންނާއެކު އެ ބޯޓުގައި ތިބީ ޖުމްލަ 19 މީހުންނެވެ. އޭގެ ތެރެއިން ސަލާމަތްވީ ޕައިލޮޓް އެކަންޏެވެ. އޭނާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސޮއުރިޔާ އެއަރލައިންސްގެ ފަޅުވެރިންނާއި ޓެކްނީޝަނުންނެވެ. ބޯޓު ވެއްޓުނު ވަގުތު އޭގައި 2 ފަޅުވެރިންނާއި 17 ޓެކްނީޝަނުން ތިއްބެވެ. މަރުވި މީހުންގެ ތެރެއިން 17 މީހުންނަކީ ނޭޕާލްގެ ރައްޔިތުންނެވެ. އަދި އެކަކީ ޔަމަނުގެ ރައްޔިތެކެވެ.

އެ ހާދިސާއާ ގުޅިގެން ތްރީބުވަން ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދު ކުރިއެވެ. އަދި އެ ހާދިސާ ހިނގުމާއެކު ފަޔާ އިންޖީނާއި އެމްބިއުލާންސްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-