-Advertisement-

-Advertisement-

‎ރޯދައިގެ ކުރިން ޣައްޒާގެ ހަމަލާތައް ހުއްޓުވޭތޯ ބަލަނީ

ފޮޓޯ: ބީބީސީ

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްކުރުވުމުގެ ގޮތުން ކުރަމުން އަންނަ މަޝްވަރާގައިމުހިންމު ކުރިއެރުމެއްހޯދާފައިވާ ކަމަށްމިސްރު ސަރުކާރާ ގުޅުން އޮންނަ ޓީވީއަކުން އިއްޔެ ބުނެފި އެވެ.

މިސްރާއި ގަތަރާއި އެމެރިކާއިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ހަފްތާގައި ރަމަޟާން މަސް ފެށުމުގެ ކުރިން، ހަ ހަފްތާގެ މުއްދަތަކަށް ހަމަލާތައްމެދުކަނޑާލުމަށް އެއްބަސްކުރުވޭތޯ އެވެ.

އަދި ހަމަ އެހެންމެ، މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި މީހުން ދޫކޮށްލުމަށާއި އެ މީހުންގެ ބަދަލުގައިއިޒްރޭލުން ވެސް ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިޒްރޭލުން ވަނީ ހަ ހަފްތާއަށް ހަމަލާތައް ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތަކުގެ ބޮޑު ބައި ގަބޫލުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ހަ މަސް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުން 30،000 މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުންބުނެފައި ވަނީ ރަހީނުކުރި މީހުން ރޯދަ މަހުގެ ކުރިން މިިނިވަން ނުކޮށްފި ނަމަ، ޣައްޒާގައި އާންމުން މިހާރު ހިމާޔަތް ހޯދަމުން އަންނަ ސަރަހައްދު ކަމަށްވާރަފަހް އަށް ވެސް އަރާނެ ކަމަށާއި ރޯދަ މަހު ވެސް ހަމަލާ ދޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-