-Advertisement-

-Advertisement-

ރަތް ކަނޑުގައި ހުރި އިންޓަނެޓް ކޭބަލްތަކަކަށް ގެއްލުންދީފި

ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އަޅާފައިވާ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކުގެ ތެރެއިން ރަތް ކަނޑުގައި އަޅާފައިވާ ބައެއް ކޭބަލްތަކަށް ގެއްލުންވެ އިންޓަނެޓަށް ބުރޫ އަރައިފިއެވެ.

ދުނިޔޭގެ އިންޓަނެޓް ނެޓްވޯކް ބަލަހައްޓާ އެންމެބޮޑު އެއް ކުންފުނި ކަމަށްވާ ހޮންކޮންގެ އެޗްޖީސީ ގްލޯބަލް ކޮމިއުނިކޭޝަން އިން ބުނެފައިވަނީ ކޭބަލްތަކަށް ލިބުނު ގެއްލުންތަކުގައި މައި ހަތަރު ކޭބަލެއް ބުރިވެފައިވާ ކަމަށާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓް ކެނޑިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ އޭޝިޔާ އާއި ޔޫރަޕްގެ އިތުރުން މެދުއިރުމަތީ ބައެއް ގައުމުތަކުގެ 25 އިންސައްތަ ނެޓްވޯކަށް މިކަމުން ބުރޫ އަރާފައިވާ ކަމަށެވެ.

ޔަމަނަށް ނިސްބަތްވާ ހޫތީން ވަނީ މީގެ ކުރިން ރަތްކަނޑުގައި އަޅާފައި ހުރި ކޭބަލްތަކަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފައިކަމަށް ޔަމަނުގެ ސަރުކާރުގެ އޮފިޝަލުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-