-Advertisement-

-Advertisement-

ސޯލިހު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ގެންދިޔައީ ފައިސާ ދީގެން ކަމަށް

މާލެ ސިޓީ މޭޔަރ ބައި އިލެކްޝަނަށް ކެމްޕޭން އިފްތިތާހު ކުރުމުގެ ގޮތުން މިރޭ ސޯސަން ޖަގަހައިގައި އެމްޑީޕީއިން ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް. ފޮޓޯ; މުހައްމަދު ޝާބިން / ނިއުސްލެބް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރަކު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ގެންދިޔައީ ފައިސާ ދީގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ނ. މަނަދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.  ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރަކު ވެރިކަން ހިންގާ ޕާޓީއަށް ގެންދިޔުމުގެ އެއް މަގުސަދަކީ “މަޖިލީހުގެ ބޭނުން ކަނޑުވާލުން” ކަމަށެވެ.

“ގާނޫނުއަސާސީގައި ބޮޑު އެއް ބާރުގެ ގޮތުގައި ކަނޑައަޅާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލައި ބާރުތައް އަތް މައްޗަށް ނެގުމަށް ކުރައްވަން ފެއްޓެވި މަސައްކަތް. ފުރަތަމަ ކަމަކަށް ކުރެއްވީ އޭގެ ތެރެއިން ތިޔަ ބޭފުޅުން، އަޅުގަނޑުމެން އެމްޑީޕީގެ ބުރަ މަސައްކަތުން ހޮއްވަވާފައި ތިބި 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގެންދެވީ،” ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީގެ 12 މެންބަރަކާއި އެ ޕާޓީއިން ކުރިން ވަކިވި މެންބަރަކު ޕީއެންސީއަށް ސޮއި ކޮށްފައިވަނީ ޑިސެމްބަރު 28، ގަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ އަދި ވެސް އިތުރު އެމްޑީޕީގެ މެންބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-