-Advertisement-

-Advertisement-

ޣައްޒާގައި އިސްރާޢީލުން ހިންގާ ޖަރީމާތައް، ރޯދަމަހުގެ ކުރިން ހުއްޓާލާނެ ކަމުގެ އުންމީދު ފަނޑުވެއްޖެ

ފޮޓޯ: ބީބީސީ

ޣައްޒާގައި އިސްރާޢީލުން ހިންގަމުންދާ ޢުދުވާން ރަމަޟާން މަހުގެ ކުރިން، ހުއްޓާލާނެ ކަމުގެ އުންމީދު ފަނޑުވެފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީގެ ފަރާތުން ބުނެފިއެވެ.

މި އުދުވާނުގައި އެއްޔެ އެކަނި ވެސް އިތުރު 83 މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓު ތަކުން ބުނެފައިވާއިރު މި ޖަރީމާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 30،800 އަށް އަރާފައިވާ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.  ހުއްޓުމެއް ނެތި އިސްރާޢީލުން ޢައްޒާއަށް ހަމަލާދޭތާ މިއީ ހަވަނަ މަހެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ބަނދަރެއް ގާއިމް ކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އެމެރިކާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވައި، ކަނޑުގެ މަގުން ވަދެވޭނެ ގޮތް ހެދުމަށް އަންގަވާފައިވާ ކަމަށާއި، އެކަމަށް ހަފުތާތަކެއް ނަގާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ޣައްޒާގެ އުތުރުގެ ޖަބަލިއާގެ ފަޅު ބިމުގައި ފަލަސްތީނުގެ ރައްޔިތުން އެއްވެ ތިބިއިރު، ކާނެ އެއްޗެއް ލިބޭނީ ޑިސްޓްރިބިއުޝަން ޕޮއިންޓްއިން ނެވެ.

ޣައްޒާގެ މެދުތެރޭގެ ޑެއިރް އަލްބާލާގައި ހޮސްޕިޓަލެއްގެ ކުރިމަތީގައި، ހަރާކާތް ހުއްޓިފައިވާ 14 އަށްވުރެ ގިނަ މީހުން އޮށޯވެ، ހިރި ނުލެވޭ ޙާލަތުގައި ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް، އިސްރާއީލާއެކު ހަމާސްއިން އެއްބަސްވުމަށް، އެމެރިކާގެ ރައީސް ބައިޑެން ހަމާސްއަށް އިލްތިމާސްކޮށްފައިވީ ނަމަވެސް އިސްރާޢީލުގެ ދެފުށްދެގޮތް، ނުބައި ރޭވުންތަކުގެ ސަބަބުން މި ޕްލޭނަށް މިއަދާ ހަމައަށްވެސް އަލިމަގެއް ފެނޭގޮތް ވަނީ  ނުވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-