-Advertisement-

-Advertisement-

‎ކާކުކަން ނޭނގޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ހަރަދު ކުރުން އިންޑިއާގެ މަތީ ކޯޓުން މަނާކޮށްފި

އިންޑިއާގެ ކޮޗިން --

އިންޑިއާގެ ވެރިން އިންތިހާބަށް ރިޝްވަތު ނަގާ ކަމުގެ ތުހުމަތު ފާޅުގައި ކުރަމުން ދަނިކޮށް، ކާކުކަން ނޭނގޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ހަަރަދު ކުރުންސްޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

އެ ކޯޓުންގެ ފަރާތުން ބުނެފައިވާނީ، އެއީ ގާނޫނު އަސާސީއާވެސް ހިލާފު އަމަލެއް ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާއި އިންކަން ޓެކްސްގެ ގާނޫނާއިއަދި ފައިނޭސް އެކްޓާވެސް ހިލާފު އަމަލެއް ކަމަށެވެ.

އެހެންކަމުން ހަމަ މިވަގުތުން ފެށިގެން ސިޔާސީ ޕާޓީތަކަށް ނުވަތަ ސިޔާސީ ފަރާތްތަކަށް ބޭންކްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލުމަށްވަނީ އަންގާފައެވެ.

އަދި މިހާތަނަށް އެގޮތަށް ފައިސާ ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ތަފްސީލު، އަންމަ މާޗް މަހުގެ 6 ގެ ކުރިން ހުށަހެޅުމަށް ސްޓޭތް ބޭންކް އޮފް އިންޑިއާ(އެސްބީއައި) ގެ މައްޗަށް ވެސް ވަނީ އަމުރު ކޮށްފައެވެ. އަދި އޭގައި ބޮންޑް ގަންނަ ފަރާތައި، ވިއްކާ ފަރާތައި ތާރީހު ފަދަ ހުރިހާ މައުލޫމާތެއް އެނގެންހުންނަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މި މައުލޫމާތު އެއްކޮށް މާޗް 13 ގެ ކުރިން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ހާމަ ކުރަން ވެސް އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

5 ޖަޖުންގެ ޕެނަލަކުން މި އަމުރު ނެރުނު އިރު، އިންޑިއާގެ އެކިއެކި ސިޔާސީ ޕާޓީތަކުން ނަހަމަ ގޮތުގައި އެގޮތަށް ފައިސާ ހޯދާ ކަމުގެ ތުހުމަތުތައް ވަނިކުރެވިފައެވެ. އެގޮތުން އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވަނީ ވެރިކަން ކުރާ ބީޖޭޕީގެ ވެރިއަކަށް ހުންނެވި ނަރެންދްރަ މޯދީގެ ނުފޫޒުން ސަރުކާރުގެއޮފިޝަލުން ލައްވައި އެކިއެކި ކުންފުނިތަކަށް ބިރު ދައްކައިގެން ކެމްޕެއިނަށް ފައިސާ އަތުލަމުން ގެންދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް މިވާހަކަތައް ބީޖޭޕީގެ އޮފިޝަލުން ދޮގުކުރައްވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-