ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުން އެންމެ ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދުކުރުން: ޝަހީމް

މިސްކިތުގައި ނަމާދު ކުރަނީ

ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުން އެންމެ ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ގޭގެ ބުޑުގައި ހުންނަ މިސްކިތްތަގައި އަޑުހަރުކޮށް ނަމާދުކުރާތީ ގޭގައި އަޅުކަން ކުރާ މިހުންނަށާއި ކުޑަކުދިންނަށް އުނދަގޫވާކަން އެކްސްގައި މީހުން ވަނީ ފާހަގަކޮށްފައެވެ.

މި ކަމަށް ޖަވާބު ދެއްވާ މިނިސްޓަރު ވިދާޅުވީ، އެންމެ ރަނގަޅުގޮތަކީ ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން މިސްކިތުގެ ނަމާދުތައް ގެންދިއުން ކަމަށެވެ.

މީގެއިތުރުން ސައުދިއަރަބިއްޔާގައި ވެސް ނަމާދު ކުރާއިރު ލައުޑް ސްޕީކާ ބޭނުން ނުކުރެއެވެ. މިކަމުގައި މައްކާގެ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ވަނީ އިސްތިސްނާ ކޮށްފައެވެ.

 

ގުޅުންހުރި