-Advertisement-

-Advertisement-

‎އިންޑިއާ ޔޫރަޕްގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާގެ ކޮޗިން --

އިންވެސްޓްމަންޓާއި އެކްސްޕޯޓް ކުރިއެރުވުމަށް އިންޑިއާ އާއި ނޯވޭ އާއި ސްވިޒަލެންޑާއެކު ޔޫރަޕްގެ ހަތަރު މެންބަރުން ގެ ޓްރޭޑް ބްލޮކް އީއެފްޓީއޭ އިން 100 ބިލިއަން ޑޮލަރުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއާއިއެކު، ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގައި 15 އަހަރު ދުވަހުގެ ތެރޭގައި 100 ބިލިއަން ޑޮލަރު އިންވެސްޓް އެގައުމުތަކުން އިންވެސްޓް ކުރާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އެކްސްޕޯޓް ކުރިއެރުވުމަށާއި، އިންވެސްޓްމަންޓް ކުރިއެރުވުމާއި، ވަޒީފާ އުފެއްދުމަށް ދެފަރާތަށްވެސް ފަހިވެގެން ދާނެއެވެ.

މި އެއްބަސްވުމަށް އައުމަށް 16 އަހަރު ވަންދެން މަޝްވަރާތައް ކޮށްފައި ވެއެވެ.

އިންޑިއާއާއެކު ސޮއިކުރުމުން ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓު ކުރާން ބޮޑު މާކެޓެއް ލިބިގެން ދިޔައީ ކަމަށް މި އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުންބުނެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-