-Advertisement-

-Advertisement-

ޅަފަތުގައި ކުދިން މަރުވާ ރޭޓް ރެކޯޑް މިންވަރަކަށް ދަށް، އެކަމަކު ކުރިއެރުން ލަސް: އދ

ފޮޓޯ؛ ޗައިނާ ޑެއިލީ

އުމުރުން ފަސް އަހަރުން ދަށުގެ ކުރިން މަރުވި އަދަދު 2022 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި މިއީ އެ އުމުރުފުރާގެ ކުދިން މަރުވި އަދަދު ފަސް މިލިއަނަށްވުރެ ދަށްވި ފުރަތަމަ އަހަރު ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފި އެވެ.

2022 ވަނަ އަހަރު މަރުވި ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 4.9 މިލިއަނެވެ. މިއީ 2000 ވަނަ އަހަރާ އަޅާބަލާއިރު 51 ޕަސެންޓުގެ ދަށްވުމެކެވެ. އަދި 1990 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓުގެ ދަށްވުމެކެވެ.

ކުދިން މަރުވާ ރޭޓް ދަށްވުމުގައި ރަނގަޅު ކުރިއެރުންތަކެއް ފެންނަން ހުއްޓަސް އެ ކުރިއެރުން ލިބެމުންދާ ސްޕީޑް އެކަށީގެންވާ ވަރަށްވުރެ ދަށް ކަމަށާއި އެހެންކަމުން މިކަމުގައި އަދިވެސް ވަރަށް ބޮޑަށް ސަމާލުވެ އެ ކުރިއެރުން ދަމަހައްޓަން މަސައްކަތްކުރަން ޖެހޭނެ ކަމަށް އެރިޕޯރޓްގައި ވެއެވެ.

ޔުނިސެފާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އަދި ވޯލްޑް ބޭންކު ގުޅިގެން ހެދި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޅަފަތުގައި ކުދިން މަރުވާ ރޭޓް ދަށްކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުންނެވެ.

އެކަމަކު އޭނާ ވިދާޅުވީ އަލަށް އުފަންވާ ކުދިންނަށް ހުރިހާ ނުރައްކާތައް އަދިވެސް ވަރަށް ގިނަ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ވެސް ވަރަށް ގިނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-