-Advertisement-

-Advertisement-

ހާރު ކާން އެންމެ ރަނގަޅީ ކޮން ބާވަތެއްގެ ކެއުމެއް؟

ރޯދައަށް ހުންނަ ވަޤުތުގައި ހަށިގަނޑުގައި ހަކަތަ ދަމަހައްޓައި، ވަރުބަލިކަމާއި، ބަނޑުހައިހޫނުކަން ފިލުވާލުމަށް ހާރު ކާގަޑީގައި ހަށިގަނޑަށް ވީހާވެސް ބޮޑަށް ފައިދާހުރި ކާނާ ކެއުން ވަރަށް މުހިއްމެވެ. މި ލިޔުމުގައި މި ބަލައިލަނީ ހާރުކެއުމުގައި ބޭނުން ކުރެވިދާނެ ފައިދާހުރި ކާނާތަކެވެ.

ބިސް
ބިހަކީ އޭގައި ވަރަށް ގިނަ އަދަދަކަށް މައިކްރޯ ނިއުޓްރިއަންޓް ހިމެނޭ ބާވަތެކެވެ. އަދި ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދޭ އެހީތެރިއެކެވެ. ހާރު ކާއިރު ބިސް ގިނައިން ހިމެނުން ވަރަށް މުހިއްމެވެ.

ގްރީކް ޔޯގަޓް
ޔޯގަޓަކީ ގިނަބަޔަކަށް ވަރަށް މީރު ކެއުމެކެވެ. އަދި ޔޯގަޓް ބޭނުން ކުރާއިރު، ޕްލެއިން ފޮނިނުކުރާ ޔޯގަޓާއި އެކު ގޭގައި ހުރި މޭވާއެއް އެއްކޮށްގެން ވަރަށް މީރުވާނެއެވެ. ޔޯގަޓްގައި ހުންނަ ލަހުން ހަޖަމްވާ ޕްރޮޓީންއެއް ކަމުގައިވާ ކޭސީން ކިޔާ ޕްރޮޓީންގެ ސަބަބުން ޜޯދައަށް ހުންނަ ވަގުތު، ގިނައިރު ބަނޑުހައި ނުވެ ހަށިގަނޑު ބަހައްޓަން އެހީތެރިވެދެއެވެ.

މަހުގެ ބާވަތްތައް
ފިހެފައި ހުންނަ ކަނޑުމަސް، ކުކުޅު، ބީފް ފަދަ ބާވަތްތައް ހާރު ކެއުމުގައި ހިމެނިދާނެއެވެ. މިއީ ބިހެކޭ އެއްފަދައިން އޭގައި އެތަށް ފައިދާތަކެއް އެކުލެވޭ ބާވަތެކެވެ. މަހުގައި ހަށިގަނޑަށް ބޭނުންތެރި ޕްރޮޓީންސް ގެ މާއްދާ ހުރެއެވެ.  ހާރު ދަމަށް ބީފް ކަބާބް ނުވަނަ ކުކުޅު ކަބާބް އަވަނުން ފިހެލައިގެން ފަސޭހައިން ތައްޔާރު ކޮށްލެވިދާނެއެވެ.

ވޭ ޕްރޮޓީން
މިއީ ފިޓްނަސްއަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ބުއިމެކެވެ. ވޭޕްރޮޓީން ޑްރިންކަކީ އޭގެ ޒާތުގައި ރޯދައަށް ހުންނަ އިރު ބަނޑުހައި ނުވެ ހަށިގަނޑު ބަހައްޓަން އެހީ ވެދޭ އެއްޗަކަށް ނުވިޔަސް، ކެއުމުގެ ތެރޭގައި ބުއިމެއްގެ ގޮތުގައި ހިމަނައިފިނަމަ ހަށިގަނޑުން ކާތަކެތި ހަޖަމްކުރުން ލަސްކޮށްދޭނެ ބުއިމެކެވެ.

ބަދަނުގެ ބާވަތްތައް
ވޯލްނަޓް، ޕީނަޓް، އަލްމަންޑް ފަދަ ބަދަންތައް ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އަދި ޕްރޯޓީންސް އިތުރުކޮށްދެއެވެ. ހާރު ކެއުމަށްފަހު 7 ވަރަކަށް ބަދަން ކާލުމަކީ މުހިއްމު ކަމެކެވެ.

ހާރުކާ ވަޤުތުގައި ގިނަބަޔަކަށް ބޮޑު ކެއުމެއް ކާން ދަތިވެދާނެއެވެ. ނަމަވެސް ވިސްނަންވީ، ހަށިގަނޑަށް ވީހާވެސް ފައިދާ ހުންނާނެ ތެކެތި އިޚްތިޔާރު ކޮށް އެތަކެތި ހާރު ކުއުމުގައި ފަރިއްކުޅުއްވުމަށެވެ. އޭގެ ސަބަބުން އަނެއްދުވަހު ލިބޭ ހުސްވަގުތުތަކުގައި އަޅުކަންތައްތަކުގައި ޝާމިލްވެ އުޅެން ފަސޭހަވެގެން ދާނެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-