-Advertisement-

-Advertisement-

ހަރަދު ކުޑަކޮށްލަން ގޭގައި ގްރީކް ޔޯގަޓް ތައްޔާރު ކުރާނެ ގޮތް

ކޮލިޓީ ރަނގަޅު ތާޒާ ޔޯގަޓަކީ މާކެޓުގައި ހޯދަން އެހާ ދަތި އަދި އެހާމެ އަގު ބޮޑު އެއްޗެކެވެ. ތިރީގައި މި ބަޔާންކޮށްދެނީ ގޭގައި ފަސޭހައިން ޔޯގަޓް ހެދޭނެ ގޮތެކެވެ. މި ޔޯގަޓު ތައްޔާރުކޮށްލަން ބޭނުންވަނީ އެންމެ ދެ މާއްދާއެވެ.

ބޭނުންވާ ތަކެތި
6 ޖޯޑު ފުލްކްރީމް ކިރު
¼ ޖޯޑު ޕްލެއިން ގްރީކް ޔޯގަޓް

ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތެއްޔަކަށް ކިރު އެޅުމަށްފަހު މަޑު ގިނީގައި 85 ޑިގްރީ ސެލްސިއަސްއަށް އަރަންދެން ކިރުފޮދު ހޫނު ކުރާށެވެ. އެއަށްފަހު ފިނި ފެން އެއްޗެއްގެ ތެރޭގައި ކިރު ކޮޅު 32 އާއި 37 ޑިގްރީ ސެލްސިއަސްއާ ދެމެދަށް ހިހޫވަންދެން ބަހައްޓާށޭވެ.

ކިރުފޮދު ހިހޫވީމާ އޭގެން 1 ޖޯޑު ކިރާއި ޔޯގަޓް، ޔޯގަޓް އަޅާ ތަށީގައި އެއްކޮށްލާށެވެ. އަދި ބާކީ ހުރި ކިރުފޮދު ހޫނު ކޮށްފައިހުރި ތެއްޔަކަށް އަޅާލާށެވެ. ތެލި ހުންނަންވާނީ އުނދުން މަތިން ބޭލިފައެވެ. އެއަށްފަހު، ޔޯގަޓް ކޮޅު މިތެއްޔަށް އެޅުމަށްފަހު އެއްކޮށްލާށެވެ.

ތެލީގައި މަތިޖެހުމަށްފަހު، ފޮތި ކޮޅަކުން ތެލި ބަނދެލުމަށްފަހު، 9 ގަޑިއިރުވަންދެން ތެލި ފިނި ނޫންތަނެއްގައި ބަހައްޓާށެވެ.

9 ގަޑިއިރު ވުމަށްފަހު ތަށްޓެއްގެ ތެރެއަށް ކިރުކޮޅު ފުރާނާލާށެވެ. ފުރާނާލާއިރުގައި ފުރޭންޏެއްގެ މަތީގައި ތުނި ފޮތިކޮޅެއް ބޭންދުމަށްފަހު ފުރާނާލާށެވެ. މިގޮތަށް މިކިރުކޮޅު ފުރާނާލަން އިތުރު 9 ގަޑިއިރު އައިސް އަލަމާރީގައި ބަހައްޓަން ވާނެއެވެ. އެއީ ޔޯގަޓްކޮޅު އިތުރަށް އޮލަ ކުރުމަށްޓަކައެވެ.

9 ގަޑިއިރަށްފަހު މިހާރު ޔޯގަޓް މިހުރީ ތައްޔާރުވެފައެވެ. ފުރާނާލެވުނު ޔޯގަޓް ކޮޅު ޔޯގަޓް ތައްޓަކަށް އެޅެމަށްފަހު ބޭނުން ކުރަންވީއެވެ.

ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މި ޔޯގަޓަކީ ރަހަވެސް އެހާ މީރު، އޭގައި ބޭނުންނެތް މާއްދާތައް ނުހުންނަ އަދި ޕްރޮޓީންސްގެ އަދަދުވެސް ގިނަ ޔޯގަޓެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-